ސިއްޙަތު

ޑިޕްރެޝަން ހުރިތޯ އަމިއްލަޔަށް ދެނެގަންނާނީ ކިހިނެއް؟

ރައުފާ ރަޝީދު ، ދެން އޮންލައިން

ޑިޕްރެޝަންއަކީ މިހާރު މުޖްތަމަޢުގައި ކުރިމަތިވެފައިވާ ވަރަށް ބޮޑު އަދި ނުރައްކާތެރި މައްސަލައެކެވެ.

Ads by Sosun Fihaara

މިބަލީގައި ދެރަވުމާ، މާޔޫސްކަމާ، ހާސްވެ ކަންބޮޑުވުމާ، ހުސްކަން އިޙްސާސްވުން ހިމެނެއެވެ. ޑިޕްރެޝަންގެ ސަބަބުން ދިރިއުޅުމާއި މެދު މީހާ ފޫހިވެއެވެ. ޑިޕްރެޝަންގެ ސަބަބުން އަމިއްލައަށް މަރުވުން ފަދަ ހިޔާލުތައް އާދެއެވެ.

ޑިޕްރެޝަން ހުންނަ ނަމަ މާގިނައިން ކެއުން ނުވަތަ އެއްވެސް ވަރަކަށް ނުކެވޭނެއެވެ. ކެއުމަށް އަންނަ މި ބަދަލުތަކުގެ ސަބަބުން މީހާގެ ބަރުދަން އިތުރުވުން ނުވަތަ ލުއިވުން ހިމެނެއެވެ. އަދި މޫޑާއި ހަކަތައިގެ މިންވަރަށް ވެސް އޭގެ އަސަރު ކޮށްފާނެއެވެ.

އެންމެ އާންމުކޮށް ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައިވާ މީހުންނަކީ އެހެން މީހުންނާ އެކަހެރި ކޮށް ތިބޭ މީހުންނެވެ. ވަރަށް އަވަހަށް ހިތުގައި ޖެހޭނެއެވެ. ކަންކަމާ ވަރަށް އަވަހަށް މާޔޫސް ވާން ފަށާނެއެވެ. މިފަދަ ކަންކަން ފާހަގަވާނަމަ ޑިޕްރެޝަން ހުރި ކަމަށް ބެލެވިދާނެއެވެ.

ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައިވާ މީހާ އަބަދުވެސް ހަނދާން ބަހައްޓާށެވެ. ކޮންމެ ދަތިކަމަކަށްފަހު ފަސޭހައެއް އަންނާނެއެވެ. ވިސްނަންޖެހޭނީ ރަނގަޅަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!