ސިއްޙަތު

ޑިޕްރެޝަނަށް ފަރުވާ ކުރުމަށް މަޝްރޫމް ބޭނުން ކުރަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މަޝްރޫމުގެ ވައްތަރެއް ކަމަށްވާ މެޖިކް މަޝްރޫމުގައި އެކުލެވޭ މާއްދާއަކުން ޑިޕްރެޝަނަށް ފަރުވާ ހޯދޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by Hajj Corporation

މަޝްރޫމުގައި ހުންނަ ސިލޮސިބިން ނަމަކަށް ކިޔާ މާއްދާ ބޭނުން ކޮށްގެން ދިރާސާވެރިން ވަނީ ދިރާސާއެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި މާއްދާއާއި އެންޓިޑިޕްރެސެންޓެއް ކަމަށްވާ އެސިޓަލޮޕްރަމް 6 ހަފްތާއަށް ދީ ދެ ބާވަތުގެ ތަފާތު ވަނީ އަޅައި ކިޔައިފައެވެ. މި ދިރާސާގައި ޑިޕްރެޝަން ހުންނަ ގިނަ އަދަދެއްގެ ބަޔަކަށް ދެ މާއްދާ ދީ ތަފާތު ދެނެގަނެފައި ވެއެވެ.

އެގޮތުން މި ދިރާސާއިން ދެއްކި ގޮތުގައި ދެ މާއްދާއިން ވެސް ޑިޕްރެޝަންގެ އަސަރު ކުޑަކޮށްދީފައި ވެއެވެ. އަދި މަޝްރޫމުގައި އެކުލެވޭ މާއްދާ ބޭނުން ކުރި މީހުންނަށް އަސަރު ފެންނަން ފެށި ރޭޓް ކުޑަކަމަށް ވެސް ދިރާސާގައި ވަނީ ދައްކާފައެވެ.

ނަމަވެސް މި ދޭތީގައި ހުރި ފަރަގު އެހާ ކުޑަ ދިރާސާއަކުން ރަނގަޅަށް ދެނެނުގަނެވޭނެ ކަމަށް ވެސް ދިރާސާގައި ފާހަގަ ކޮށްފައި ވެއެވެ. އަދި ޑިޕްރެޝަނަށް ފަރުވާ ކުރުމަށް މަޝްރޫމު ބޭނުން ކުރެވިދާނެ ކަމަށާއި ނަމަވެސް އެކަމަށް އިތުރު ކްލިނިކަލް ޓްރަޔަލްތައް ހަދައި އިތުރަށް ދިރާސާ ކުރަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ.

ހިތާމަކުރުމުގެ ބަލި ނުވަތަ ޑިޕްރެޝަން އަކީ ދިވެހިންގެ ތެރޭގައި ވެސް އާންމުވަމުން އަންނަ ނަފްސާނީ ބައްޔެކެވެ. ހިތާމަ ކުރުމުގެ ބައްޔަކީ ދިގުދެމިގެންދާ ކަމަކަށް ވެދާނެއެވެ. ނޫނީ ވަގުތީ ކަމަކަށް ވެސް ވެދާނެ އެވެ. މިއީ ބައެއް ފަހަރު އޭގެ ސަބަބުން ދިރިއުޅުމަށް ނޭދެވޭ އަސަރު ފޯރާ ބައްޔެކެވެ. އާދައިގެ ވަރަކަށް މިބަލި ކުރިމަތިވި ނަމަވެސް ބޭހާ ނުލައި ހަމައެކަނި ކައުންސެލިންގ ނަގައިގެން ފަރުވާ ކުރެވިދާނެއެވެ. ނަމަވެސް މެދު މިންވަރަކަށް ނޫނީ މާބޮޑަށް ކުރިމަތިވެއްޖެނަމަ، ބޭހުގެ ފަރުވާ ނެގުމާއެކު ކައުންސެލިންގ ވެސް ނަގަން ޖެހޭނެއެވެ. މިއީ މުޅި ދުނިޔޭގައި ވެސް އާންމު ނަފްސާނީ ބައްޔެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!