ޚަބަރު ސިޔާސީ

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްްސް ޝަރީފު ރިޓަޔަރ ކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވި ޝަރީފް ރިޓަޔާ ކުރައްވައިފިއެވެ.

Ads by Hajj Corporation
ޝަރީފު ރިޓަޔަރ ކުރައްވައިފައިވާއިރު، އޭނާ ވަނީ މުޅި ޖުމްލަ 28 އަހަރު ކަސްޓަމްސްގައި ޚިދުމަތް ކުރައްވައިފައެވެ.
ޝަރީފް ރިޓަޔާ ކުރެއްވުމާއި ގުޅިގެން ކަސްޓަމްސްގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް މިއަދު ބާއްވައިފައެވެ.

އެމްޑީޕީގެ މި ސަރުކާރު ފެށުނުއިރު، ޝަރީފް ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުގައެވެ.

އެހެންނަމަވެސް ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވި ނުޢުމާން 2020ވަނަ އަހަރު އަވަހާރަވުމާއި ގުޅިގެން ޝަރީފު އަށް ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމު ލިބިވަޑައިގަތެވެ.

ޝަރީފް 2020 ވަނަ އަހަރުން ފެށިގެން ސީޖީގެ ހައިސިއްޔަތުން ކަސްޓަމްސްގެ ފޯކަސް ލީޑް ކުރެއްވީ ޕްރޮސީޖާސް އޮޓޮމެޓިކް ކުރުމާއި، ބޯޑަ ސެކިއުރިޓީ ވަރުގަދަކުރުމާއި، އެމްސީއެސްގައި އިންޓެގްރިޓީ ޗެމްޕިއަން ކުރުމަށް ކަމަށްވެސް ކަސްޓަމްސް އިން ހާމަކުރެއެވެ.

  1. ތިކަހަލަ ބުރާންތި މީހުންލީމަ ކަސްޓަމްސް ގެދުވަސް ގޮސް އެންމެ ދައްރޭންކުގެ މީހުންދާންޖެހޭ ތަންތަނައްވެސް އަދި ބޭރުގައުމެއްވިއްޔާ އަވަސް އަރުވާލާފަ ދިއުމާއި މަރުވާނެކަން ނޭނގޭގަމާރެއްތީ މީހެއްގެހެޔޮދުވާވެސް ބޭނުންނުވާ ނުބައި ނުލަފާ ޖާހިކެއްތީ!