ދީން

އެހެން މީހުންގެ އުނި ސިފަތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އަމިއްލަ ނަފްސު އިސްލާހު ކުރުން މުހިންމު: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އެހެން މީހުންގެ ކިބައިގައި ހުރި އުނި ސިފަތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އަމިއްލަ ނަފްސު އިސްލާހު ކުރުން މުހިންމު ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެެވެ.

Ads by STELCO

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ "ޤައުމު އިސްލާހު ވުން އޮތީ ނަފްސުތައް އިސްލާހު ވެގެންނެވެ" މިއެވެ.

ހުތުބާގައި ބުނެފައިވަނީ މުޅި ޤައުމު އިސްލާހުވުން އޮތީ ކޮންމެ ފަރުދެއްގެ އަމިއްލަ ނަފްސުގައި ހުރިނަމަ ހުރި ނުބައިކަމަކާއި ދުރުވެގެން ކަމަށެވެ. މިކަމަށް އޮތް ހަމައެކަނި މަގަކީ, އެހެން މީހުންގެ ކިބައިގައި ހުރި އުނި ކަންތައްތަކާއި, ޢައިބުތަކުގެ ވާހަކަ ދެެއްކުމުގައި ވަގުތު ބޭކާރު ނުކޮށް, އަމިއްލާ ނަފްސާމެދު ހިޔާލު ކުރުމަށް ވަގުތު ހުސްކޮށްލުން ކަމަށް ހުތުބާގައި ބުންޏެވެ.

ޯاللهގެ ހައްގުތަކަށާއި އިންސާނުންގެ ހައްގުތަކަށް އަރައިގަނެވިފައިވާ ކަމަށް އިއުތިރާފްވާން ޖެހޭ ކަމަށާއި ތިމާގެ ނަފްސުގެ އުނިކަމާއި ހުތުރު އާދަތައް ހަރުލާފައި އެބަހުރި ކަން ޤަބޫލުކޮށް, އެކަނަކަމުން މިންޖުވުމުގެ މަގަށް އެނބުރި ރުޖޫޢަ ވާން ޖެހޭ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

  1. ޤައުމު އިސްލާހުވާނީ ކުއްކުރާ މީހުންނަށް އަދަބު ތަންފީޒު ކޮށްގެން