ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ދައުރު މި މަހުގެ 18 ގެ ނިޔަލަށް ދަންމާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ނިންމައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މި މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ދައުރުގެ ޖަލްސާތައް ކުރިޔަށް ގެންދާނެ ކަމަށެވެ.

އަދި ދައުރު ދަންމާލަން ނިންމީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކުރުން ހިމެނޭ ގޮތަށް މުހިންމު މަސައްކަތްތަކެއް އަދިވެސް ހުރުމުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ މި ދައުރުގެ ގިނަ ޖަލްސާތަކުގައި ކުރިޔަށްގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައެވެ.

މިހާރު ކުރިޔަށްދަނީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބެޖެޓުގެ ބަހުސްއެވެ. ބަޖެޓުގެ މަސައްކަތްތަކުގެ ތެރެއިން ކޮމިޓީ މަރުހަލާގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!