އޮޓޯ މޯޑުގައި އޮތް ޙައްޖު ކޯޕަރޭޝަން ހިންގާލުމުގެ ޒިންމާ, ވިޔަފާރިއާއި ހިންގުމުގެ ދާއިރާއަށް ފަރިތަ ޝަކީލަށް!

ކުންފުނި އޮތީ އޮޓޯ މޯޑެއްގައެވެ. ބޮޑު ކޭޝް ފަންޑެއް އޮތް ނަމަވެސް އޭގައި އޮތީ ޑިޕްލީޓްވާން ދޫކޮށްލާފައެވެ. ކުންފުނި ގެއްލުމުގައި ހިނގަމުން ދިޔަ ނަމަވެސް މާބޮޑު ފަރުވާލެއް ނެތެވެ. މިދިޔަ ފަސް އަހަރު ސަރުކާރުގެ ސަތޭކަ ޕަސެންޓް އޮންނަ ހައްޖު ކޯޕަރޭޝަނުން ކަންކުރަމުން އައި ގޮތަކީ މިއީއެވެ.
ރާއްޖޭގައި ޙައްޖުގެ މަތިވެރި އަޅުކަމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭންް ސަރުކާރުން ހަދާފައިވާ މި ކުންފުންޏާމެދު އަލަށް އުފެދުނު ސަރުކާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުން ތަފާތެވެ. ބޭނުން ވަނީ ކުންފުނި ފައިދާވާ ކުންފުންޏަކަށް ހަދާށެވެ. ކޮންމެހެން ދައުލަތަށް ފައިސާ ހޯދުމުގެ މަޤްސަދުގައެއް ނޫނެވެ. ކުންފުނިން ޚިދުމަތް ލިބިގަންނަ އާއްމުންނަށް އަތްފޯރާ ފަށުގެ ރަނގަޅު ޚިދުމަތެއް ދޭށެވެ. ރައްޔިތުންނަށް މާލީ ބުރައަކަށް ނުވާނެ ފަދަ ގޮތަކަށް ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދޭށެވެ.
ރައީސް ޑރ. މުޢިއްޒުގެ އެ ވިސްނުންފުޅު ޙަޤީޤަތަކަށް ހެދުމަށް އެ ކުންފުނީގެ ހުންގާނު ކުރެއްވީ އަޙްމަދު ޝަކީލާއެވެ. ޙައްޖު ކޯޕަރޭޝަންގެ މިހާރުގެ މޮޑެލް ބަދަލުކޮށް, ފައިދާވާނެ ބިޒްނަސް މޮޑެލްއަކަށް ހަދާލުމަށް ރައީސް އިތުބާރު ކުރެއްވީ އެކަން ކުރެވޭނެ ފަދަ ޤާބިލް މީހަކާއެވެ.
އުމުރުން 42 އަހަރުގެ މުޙައްމަދު ޝަކީލަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އެ ދާއިރާއިން ޑިގްރީ އަދި މާސްޓާސް ހާސިލް ކުރައްވާފައިވެއެވެ. މިހާރު ގެންދަވަނީ ޤާނޫނީ ދާއިރާއިން ކިޔަވާ ވިދާޅުވަމުންނެވެ.
ސަރުކާރުގެ ޚިދުމަތަށް ބަލާއިރު, ޝަކީލަކީ އިޤްތިޞާދީ ވުޒާރާގައި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރުން އިލެކްޝަން ކޮމިޝަންގެ މެންބަރު ކަމާއި ޑިރެކްޓަރުކަރ ޖެނެރަލް ކަން ވެސް ކުރެއްވިއެވެ. އޭގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްގައި އެސިސްޓެންޓް އަންޑަރ ސެކްރެޓަރީކަމުގެ މަޤާމު ފުރުއްވިއެވެ.
ސަރުކާރުގައި ޚިދުމަތް ކުރެއްވުމުގެ އިތުރުން ޝަކީލު ވަނީ ބޭންކް އޮފް މޯލްޑިވްސްގައި ވެސް މަސައްކަތް ކުރައްވާފައެވެ. ބޭންކް އޮފިސަރެއްގެ މަޤާމުގައި 2009 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްއާ ގުޅުވަޑައިގެންނެވި ޝަކީލު ވަނީ އެ ބޭންކްގައި މެނޭޭޖަރުކަން ވެސް ކުރައްވާފައެވެ.
ސިޔާސީ މަސައްކަތަށް ބަލާއިރު, ޝަކީލަކީ ސަރުކާރު ކޯލިޝަންގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް, ޕީޕީއެމްގެ ސެނެޓް މެންބަރެކެވެ. އަދި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަން ވެސް ކުރެއްވިއެވެ.
https://youtu.be/-OepL5lIggM?si=yCXwMost5OGbGjyH
އެމްޑީ ޝަކީލު ވަނީ "ދެން"އާއެކު ވަގުތުކޮޅެއް ހޭދަކުރައްވާ, ޙައްޖު ކޯޕަރޭޝަނާއެކު ކުރިޔަށް ވަޑައިގަންނަވާނެ ގޮތް ހިއްސާ ކުރައްވާފައެވެ.
އެމްޑީ ޝަކީލް "ދެން"އަށް އިންޓަރވިއު ދެއްވަނީ[/caption]
ޙައްޖު ކޯޕަރޭޝަނަކީ ބޮޑު ކޭޝް ފަންޑެއް އޮތް ކުންފުންޏެކެވެ. އެތައް ސަތޭކަ ބަޔަކު ކޮންމެ އަހަރަކު ޙައްޖަށް ދާން ޖަމާކުރާ ފައިސާ ޙައްޖު ކޯޕަރޭޝަންގައި ރައްކާކޮށްފައި ހުރެއެވެ. ޙައްޖު ކޯޕަރޭޝަނަކުން އެ ފައިސާއަކު އަތެއް ނުލައެވެ. ފައިސާގެ އަގު ހުރެގެން ދަށްވާން ދޫކޮށްލާފައި ހުންނަނީއެވެ.
ޝަކީލުގެ ވިސްނުމަކީ އެ ފައިދާ އިންވެސްޓް ކުރުމެވެ. އިންވެސްޓް ކުރުން މާނަ ކުރަނީ ބޭންކަކަށް ލައިގެން އެއިން ކުޑަ ފައިދާއެއް ހޯދުމަކަށް ނޫނެވެ. އިސްލާމް ދީން ޙުއްދަ ކުރާ ވިޔަފާރިއެއްކޮށްގެން ބޮޑު ނަފާއެއް ހޯދުމެވެ.
"ޙައްޖު ކޯޕަރޭޝަންގައި ފަންޑް އެބަހުރި, ޙައްޖު ކޯޕަރޭޝަނަށް ކޭޝް ފްލޯގެ ދަތިކަމެއް ނާންނާނެ, ބޮޑު ފަންޑެއް ޑިޕްލީޓް ވަމުންދާ ފަންޑެއްގެ ގޮތުގައި މިހާރު ހުރީ. މިފަންޑުން ވިޔަފާރިކޮށް, އިންވެސްޓްކޮށްގެން އާއްމުދަނީ ހޯދާ ދެއްވާށޭ, އެއީ ރައީސް މުޢިއްޒުގެ އިލްތިމާސްއަކީ" ޝަކީލް ވިދާޅުވީ ކުންފުނި އުފެދިގެން އައިކޮޅު ކުންފުނިން ތެލުގެ ވިޔަފާރީގެ ތެރެއަށް ވަތް ކަމަށާއި, އެކަމުން ކުންފުންޏަށް ފައިދާ ވެސް ވިކަމަށެވެ. ނަމަވެސް ކޮންމެ ވެސް ސަބަބަކާހުރެ ވިޔަފާރިން ދުރަށް ޖެހުނު ކަމަށް ޝަކީލު ވިދާޅުވިއެވެ.
"މީގެ ކުރިން ފެނިފައި އެބަހުރި ތެލުގެ ވިޔަފާރީގެ ތެރެއިން ވެސް ފައިސާ ލިބިފައި އެބަހުރި, މާލީ ގޮތުން ކުންފުނި ކޮޅަށް ޖެހުމުގެ ފުރުސަތު އެބައޮތް"
މިދިޔަ ފަސް އަހަަރަށް ބަލާލާއިރު ޙައްޖު ކޯޕަރޭޝަނުން އާއްމުދަނީ ހޯދަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތެވެ. އުމްރާގެ އަޅުކަމަށް މީހުން ގެންގޮސްގެން ރަމްޒީ ގޮތެއްގައި ފައިދާއެއް ލިބޭ ކަމަށް ދައްކަން މަސައްކަތްކޮށްފައި އެބަހުއްޓެވެ.
ޝަކީލު ވެސް ފާހަގަ ކުރެއްވީ މި ވާހަކައެވެ. އަމިއްލަ ޙައްޖު ގްރޫޕުތަކުން 500 އުމްރާވެރިން ގެންދާއިރު, ޙައްޖު ކޯޕަރޭޝަނަށް 200ހާ މީހުން ވެސް ހަމަނުވެއެވެ. ރިސޯސަސް ހުރެ މިކަން ނުވުމަކީ ޝަކީލު ޤަބޫލު ކުރައްވާ ގޮތުގައި ފެއިލިއާއެކެވެ. ޝަކީލާއި އޭނާގެ ޓީމުން މިހާރު ދަނީ އުމްރާ ޕެކޭޖްތައް ހަދާ, އެ ޕްރޮމޯޓް ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން އާއްމުދަނީއެއް ހޯދުމަށް ކަލްޗަރަލް ޓުއާތަކާއި, ތްރެޑިޝަނަލް ޓުއާތައް ތައާރަފް ކުރަން ވެސް ދަނީ މަސައްކަޔް ކުރަމުންނެވެ.
[caption id="attachment_206545" align="alignnone" width="690"]
އެމްޑީ ޝަކީލް "ދެން"އަށް އިންޓަރވިއު ދެއްވަނީ[/caption]
ޝަކީލު ދިނީ ޔަޤީން ކެމެވެ. އެއީ އޭނާ އިޚްލާސްތެރި ކަމާއެކު, ކަމަށް ކަމޭހިތައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭނާ ޤަބޫލު ކުރައްވާ ގޮތުގައި ކުރީގެ މެނޭޖްމެންޓަށް ޙައްޖު ކޯޕަރޭޝަން ރަނގަޅަށް ހިންގާނުލެވި އޮތީ އެކަމަށް ބޭނުންވާ ކޮމިޓްމެންޓް ނެތީމަށެވެ. ކަންކުރަން މަސައްކަތް ނުކުރީމެވެ. ޙައްޖު ކޯޕަރޭޝަން އަމިއްލަ ފައި މައްޗަށް ނަގަން ޝަކީލަށް އެއީ މާބޮޑު ކަމެއް ނޫނެވެ. ދެފުން ފެންނަ ގޮތަކަށް އިސްލާމީ ޝަރީއާ ހުއްދަކުރާ ކަންކަމަށް އިންވެސްޓްކޮށްގެން, އާއްމުދަނީއެއް ލިބޭނެ ކަމާމެދު އޭނާ ޝައްކެތް ނުކުރެއެވެ.
ކުންފުނި ހިންގާލަން ޝަކީލަށް މާ ބޮޑުކަމެއް ނޫން
މީގެ އަށް އަހަރު ކުރިން ޙައްޖު ކޯޕަރޭޝަން ވުޖޫދުވެެގެން އައީ ރައްޔިތުން ޙައްޖުގެ އަޅުކަން އަދާކުރުމުގައި ކުރަން ޖެހޭ މާލީ ބުރައަށް ލުއެއް ހޯދައިދިނުމުގެ މަޤްސަދުގައެވެ. އެ މަޤްސަދުގައި ކުންފުނި ހިންގާތާ މިވީ 8 އަހަރުގެ ތެރޭގައި ޙައްޖަށް މީހުން ގެންދާ އަގަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ޙައްޖަށް ދާން ބޭނުންވާ ފަރާތްތަކުން ދައްކަން ޖެހެނީ 69,568 ރުފިޔާއެވެ. އެންމެ ފުރަތަމަ ވެސް ދައްކަމުން އައި އަގަކީ އެއީއެވެ. އިންފްލޭޝަންއާއެކު ތަކެތީގެ އަގަށް އައި ބަދަލުތަކާއި, ސައުދީން އަލަށް ތައާރަފްކޮށްފައިވާ ޓެކްސްތަކާއެކު, މިހާރު ޙައްޖާޖީއެއްގެ ޙައްޖު ދަތުރު ފުރިހަމަ ކުރުމަށް ބޮލަކަށް 85,000 ރުފިޔާ ޖެހެއެވެ. އެއީ ހައްޖާޖީން ދައްކާ ފައިސާއަށް 15,000 ރުފިޔާގެ އިތުރުވުމެވެ. މި ބުރަ މިހާރު އުފުލަމުން ގެންދަނީ ޙައްޖު ކޯޕަރޭޝަނުންނެވެ. އެހެންނަމަވެސް ގެއްލުމުގައި އަބަދު ކުންފުނި ނުހިންގޭނެވެ. އެކަމަށް އޮތް ފުރަތަމަ ހައްލަކީ ޙައްޖުގެ އަޅުކަމަށް ނަގާ ފައިސާ އިތުރު ކުރުމެވެ. ދެވަނަ ހައްލަކީ ސަރުކާރުން ސަބްސިޓީއއް ދިނުމެވެ. ނަމަވެސް ޝަކީލާއި ސަރުކާރުގެ ވިސްނުން މިކަމުގައި އޮތީ ތިން ވަނަ ގޮތަކަށް ހައްލު ހޯދާށެވެ. ސަރުކާރާއި ރައްޔިތުންނަށް ބުރައެއް އުފުލަން ނުޖެހޭފަދަ ހައްލެއް ހޯދާށެވެ. އެއީ ޙައްޖަށްދާން މީހުން ޖަމާކޮށްފައިވާ ފައިސާއިން ވިޔަފާރިކޮށް, އެއިން ނަފާ ހޯދައިގެން ކުންފުނި ފައިދާވާ ކުންފުންޏަކަށް ހެދުމެވެ. އަދި ލިބޭ ފައިދާ ބޭނުންކޮށްގެން ޙައްޖާޖީންނަށް މާލީ ގޮތުން ވީހާ ވެސް ލުއި ގޮތް ތަކެއް ހޯދައިދިދނުމެވެ. "ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައި އޮތީ, ޙައްޖު ކޯޕަރޭޝަނަކީ ދިވެހި ރައްޔިތުންނަށް މާލީ ތަކުލީފަކަށް ނުވާނެ ގޮތަކަށް ވީހާ ވެސް, މާލީ ގޮތުން ރައްޔިތުން ފަސޭހަ ގޮތަކަށް ޙައްޖުގެ އަޅުކަން ކުރެވޭނެ ގޮތަކަށް އިންތިޒާމްތައް ހަމަޖައްސައިދޭށޭ" ޙައްޖު ކޯޕަރޭޝަން ހިންގުމުގެ މަސްއޫލިއްޔަތުގެ ހަވާލު ކުރުމުގެ ކުރިން ރައީސް މުޢިއްޒުގެ ވިދާޅުވި ވާހަކަ ޝަކީލު ހިއްސާ ކުރެއްވިއެވެ. [caption id="attachment_206542" align="alignnone" width="690"]

ކޮމެންޓް