ޚަބަރު ސަރުކާރު

ދޮންބަންޑާރައިންގެ ހަނދާނީ މައުރަޒު ރައީސްގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުރަވީ ދުވަސް ކުލަގަދަކޮށް ރާއްޖޭގައި ފާހަގަކުރުމަށް ސަރުކާރުން ހިންގަވާ ހަރާކާތްތަކުގެ ތެރޭގައި ހިމެނޭ ހުރަވީ ދުވަހުގެ ޚާއްޞަ މަޢުރަޒު" ދޮންބަންޑާރައިންގެ ހަނދާނީ މަޢުރަޒު" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.

Ads by Sosun Fihaara

މި މަޢުރަޒަކީ ހުރަވީ ދުވަހުގެ މުނާސަބަތާއި ގުޅިގެން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާއި ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒު ގުޅިގެން މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ ޙާއްޞަ މަޢުރަޒެކެވެ.

މި މަޢުރަޒުގައި ބަހައްޓާފައިވާ ތަކެތީގެ ތެރޭގައި ދޮންބަންޑާރައިންނަށް ނިސްބަތްވާ ބައެއް އާސާރުތަކާއި، އިހުގައި ބޭނުންކޮށްފައިވާ ބައެއް ހަތިޔާރުތައް ހިމެނެއެވެ. ދޮންބަންޑާރައިންނަށް ނިސްބަތްވާ ބައެއް އާސާރުތަކުގެ ތެރޭގައި ތުރުކުރެއްވި ފަގުޑިކޮޅާއި، ބޭނުންކުރެއްވި ލޮންސިކޮޅާއި، ދޮންބަންޑާރައިންގެ ރަސްކަމުގައި ޖެއްސެވި ފައިސާފޮތިކޮޅުތައް ހިމެނެއެވެ. މީގެ އިތުރުން މަލާބާރީން މާލެއަރައި ހިންގި ކަންކަމާ ބެހޭ ޚުލާސާ މަޢުލޫމާތުތައް ހިމެނޭ ލޯ ފަތްކޮޅެއްވެސްވެއެވެ.

މި މަޢުރަޒު ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެ މަޢުރަޒު ބައްލަވާލައްވައި މަޢުރަޒުގައި ހިމެނޭ އާސާރުތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވިއެވެ. އަދި ދާރުލްއާސާރުގެ އިތުރު ކަލެކްޝަންތައް ހިމެނޭ ތަންތަނަށްވެސް ޒިޔާރަތްކުރައްވައި އެ ކަލެކްޝަންތަކާބެހޭގޮތުން ވެސް އެކަމަނާ މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ހުރަވީ ދުވަހުގެ މުނާސަބަތު ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން އަންނަނީ ދުވަހާގުޅޭ ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އެގޮތުން މިއަދު ބޭއްވި މި މަޢުރަޒުގެ އިތުރުން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އިން އިންތިޒާމްކޮށްގެން މިދިޔަ ހުކުރު ދުވަހު ކުޑަކުދިންގެ ހަވީރެއްވެސް ބޭއްވެވިއެވެ.

Ads by Ooredoo
  1. އަޅުގަނޑު ސިޔާސީއެއްނޫން.. އެފަދަ މަގާމެއް ބޭނުމެއްނޫން.. މަނިކްފާނު އެތައް ބަޔަކައް ކުރިމަތީގައި ހެދި ދޮގު ހަދާން ހުރިތަ

  2. އިސްތިއުފާއޭ

    ރާއްޖޭގައި ރިސޯރޓް ހެދުމުގެ މަޝްރޫއު ހިންގާ ހުރިހާ ރިސޯރޓްސް ތަކުގައި ބޮޑު އަގުގައި މަސައްކަތް ކުރުވަނީ ރިސޯރޓް ވެރިފަރާތާއި ރާއްޖޭގައި އުޅޭ ގަވާއިދާއި ޚިލާފު ބަންގާޅުން ސަޕްލައި ކުރާ އެޖެންޓުންނާއި ގުޅިގެން ކުރާ ބޮޑު ވައްކަމެއްގެ ގޮތުގައޭ އެކަން ކުރަނީ މިހާރު ވެސް ބަލާ މާލެ ސަރަހައްދުގައި ހަދަމުންދާ ހުރިހާ ރިސޯރޓްސް ތަކުގެ މަޝްރޫއު ތަކުގައި މަސައްކަތް ކުރާނީ މިގޮތަށް ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން މީގެ ސަބަބުން ދިވެހިން ބާކީ ވެއްޖެއޭ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ މުއިއްޒު އިސްތިއުފާ