ޚަބަރު ސިޔާސީ

ނިޒާމު ބަދަލުކުރުމުގެ ވާހަކަ މި ދައްކަވަނީ ކޮންމެހެން ރައްޔިތުންނަށް ހެޔޮއެދިގެން ނޫން: މޮސްޓާ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ނިޒާމު ބަދަލުކުރުމުގެ ވާހަކަ ދައްކަވަނީ ކޮންމެހެން ރައްޔިތުންނަށް ހެޔޮ އެދިގެން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހދ. ނޮޅިވަރަމްފަރު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ރައްޔިތުންގެ މަޖިީހުގައި ވާހަކަފުޅު ދައްކަވަމުން މޮސްޓާ ވިދާޅުވީ މައްސަލަ ޖެހިގެން އުޅެނީ ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމުގައި ނޫންކަމަށާއި، މައްސަލަ ޖެހިގެން އުޅެނީ އިޚްލާސްތެރިކަމުގައި ކަމަށެވެ. އަދި ކޮންމެ ނިޒާމެއް އޮތަށް އިޚްލާސްތެރިކަން ނެތްނަމަ، ރަނގަޅު ވެރިކަމެއް ނުކުރެވޭނެ ކަމަށާއި ރާއްޖޭގައި ކުރަން މަސައްކަތްކުރަނީ "ހިޓްލަރު" ގެ ވެރިކަން ކަމަށެވެ.

"ކޮންމެ ނިޒާމެއް އޮތަށް، ނިޒާމެއް ނޫން މައްސަލަ ޖެހިފެން މިއުޅެނީ، އިޚްލާސްތެރިކަމުގައި މައްސަލަ ޖެހިގެން މިއުޅެނީ، އިޚްލާސްތެރިކަން ނެތިއްޔާ ކޮންމެ ނިޒާމެއް އޮތަސް، ބަރުލަމާނީ އޮތަށް، ރިޔާސީ އޮތަސް، ވިރާސީ އޮތަސް، ކޮންމެ އެއްޗެއް އޮތަސް މިތާނގަ ނުކުރެވޭނެ ރަނގަޅު ވެރިކަމެއް" މޮސްޓާ ވިދާޅުވިއެވެ.

އަދި ވެރިކަމަށް އަންނަން އުޅޭއިރު ކޮންމެ ބޭފުޅެއްވެސް ރައްޔިތުންނަށް އެކި ބައިވަރު ހުވަފެންތަކާއި ކުލަތައް ދައްކަވާ ކަމަށާއި ނަމަވެސް އެހެން ވިދާޅުވާ ކަންތައްތައް ނުވާނަމަ ދެން ބޭނުންގޮތަކަށް ކަންތައް ނިންމަވާލައްވާކަމަށެވެ.

"މިހުރިހާ ކަމެއް ނުވަންޏާ ތިމާމެން ބޭނުންވާ ގޮތަށް، އެއްބަޔަކު ސްޕްރީމް ކޯޓުގައި ތަޅު އަޅުވާނެ، އަނެއްބަޔަކު ސްޕްރީމް ކޯޓުން ޓިނު ނަގާނެ، އަނެއްބަޔަކު ސްޕްރީމް ކޯޓު ބޭރުގައި ސިފައިން ބައިތިއްބާނެ، މިކަހަލަ ވެރިކަމެއް ކުރަން މި އަންނަނީ، އައިއްސަ ދެން ކޮންވާހަކައެއް ދައްކާކަށް؟ ބަރުލަމާނީއޭ، ރިޔާސީއޭ އެހެން އެއްޗެކޭ ކިޔައިގެން،" މޮސްޓާ ވިދާޅުވިއެވެ.

އަދި ރާއްޖެއިން ނަމޫނާއަކަށް އަފްޢާނިސްތާނުގައި ގޯސް ވާހަކަ ދެއްކުމަށްފަހުވެސް ސުޕްރީމް ކޯޓުން ހުކުމެއް ނެރުއްވާއިރު ނެރުއްވަނީ އަފްޢާނިސްތާނުގެ ޤާނޫނު އަސާސީއަށް ނިސްބަތްކޮށްފައިކަމަށާއި އެއްވެސް ބަޔަކު ދައްކާ ވާހަކައާއި އަމަލު ދިމާނުވާކަމަށް މޮސްޓާ ވިދާޅުވިއެވެ.

"އެކަމަކު ސުޕްރީމް ކޯޓުން ހުކުމެއް ނެރޭއިރު މި ނެރެން ޖެހެނީ އަފްޢާނިސްތާނުގައި އޮންނަ ޤާނޫނު އަސާސީގައި އިންނަ އެއްޗަކަށް ނިސްބަތްކޮށްފައި ހުކުމެއް މި ނެރެނީ، ދައްކާ ވާހަކައަކާއި އަމަލެއް ދިމަލެއް ނުވޭ އެއްވެސް ބަޔަކު" މޮސްޓާ ވިދާޅުވިއެވެ.

މީގެ އިތުރުން ނިޒާމު ބަދަލުކުރުމުގެ ވާހަކަ މި ދައްކަވަނީވެސް ރައްޔިތުންނަށް ހެޔޮއެދިގެން ނޫންކަމަށާއި މި ޤައުމަށް ބޭނުންވަނީ އިޚްލާސްތެރިނަކަން ފާހަގަކުރައްވަމުން މޮސްޓާ ވިދާޅުވި ބޭހެއް ދީގެން ނަމަވެސް އިޚްލާސްތެރިން ހޯދަން ވެއްޖެކަމަށެވެ.

"އިޚްލާސްތެރި ބަޔަކު ލިބޭތޯ ބަލަންވީ، އިއުލާނުކޮށްވެޔަސް، ނޫނީ ބޭހެއް ކާންދީގެން ވިޔަސް، ކުޑައިރު ވެކްސިން ދޭހެން ވެކްސިނެއް ކަންނޭގެ ދޭންވީ އިޚްލާސްތެރި ވެކްސިން ކިޔާފައި، އެނޫންގޮތަކަށް މިކަމަށް ހައްލެއް ނުވާނެ" މޮސްޓާ ވިދާޅުވިއެވެ.

ހަމައެއާއެކު ނިޒާމުގެ ވާހަކަ ދައްކަވާއިރު އެއީ ރައްޔިތުންނަށްޓަކައި ކޮށްދޭކަމެއް ނޫންކަމަށާއި އެކަން އެކުރައްވަނީ އަމިއްލަފުޅު ޖީބަށްޓަކައި ކަމަށް މޮސްޓާ ވިދާޅުވިއެވެ. އަދި ކޮންމެ ބޭފުޅަކުވެސް ވެރިކަމަށް ވަޑައިގަންނަވަނީ މިބޭނުމުގައި ކަމަށާއި އެކަންކަން ނުހުއްޓޭހާ ހިނދަކު ކޮންމެ ނިޒާމެއް މި ރާއްޖޭގައި އޮތަސް ސަރުކާރެއް ރަނގަޅު ނުވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތުން މިއަދު މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަންނަން ފާސްކޮށްފައިވާއިރު، ގަރާރުގައި ފުރަތަމަ ހުށަހަޅާފައިވަނީ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމުގެ ވޯޓު ނޮވެމްބަރު 30 ގެ ކުރިން ނެގުމަށެވެ. ނަމަވެސް އިލްޔާސް މިއަދު އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އޮކްޓޫބަރު 30 ގެ ކުރިން އެ ވޯޓު ނެގުމަށެވެ.

ޤަރާރުގެ މުޅި މަޖިލިސް ކޮމެޓީގެ މަސައްކަތް ފަށާނީ މާދަމާ ހެދުނުއެވެ.

Ads by HDC
  1. ސާބަހޭ މޮސްޓާ
    އެއްވެސް ދުލެް ނުދެއްވާތި މި ޤައުމު ފަސާދަކުރަން ، ވެރިކަމުގެ ބޭނުމުގައި ޤައުމު ފުނޑައެއް ނުލެވޭނެ. ދެން ރަނގަޅުވާނީ ތިއައިންމީހަކަށް އަންނަދައުރުގައި މަޖިލީހަށް ނުވަދެވުނީމަ. އަދި ތިކަން ކުރަން އެއްބަސްވެގެން ތިއައިގެ ދެޕާޓި އެއްގަލަށް އެރިއްޔާ ރަނގަޅީވެސް ، ދެވަނަބުރުން އިބޫ ނުހޮވޭނެކަން އެއީ މިހާރު ޔަޤިނާ ގާތަށް ކަށަވަރުވާކަމެއް. ދެން ޖެހޭނީ ތިބެން ބަރުލަމާނީ ގެނެވުނުކަމަށް .

  2. ދިވެހި މުސްކުޅިން

    މުއިއްޒުވެސް އަދި ނަޝީދުވެސް އަދި އިބޫ ވެސް އެތިބީ ނިޒާމީ ވޯޓަކަށްދާން އެކަން ނިންމާނީ ރައްޔިތުން