ދިވެހި ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސުވާލުކުރެވޭ ގޮތަށް ޕޯޓަލްއެއް ގާއިމުކުރުމަށް ނިންމައިފިއެވެ.
ރޭ ބޭއްވި "ކަންގަތި އެވޯޑް" ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް އެމަނިކުފާނާ ސުވާލުކުރެވޭ ގޮތަށް، އެ ރައްޔިތެއްގެ އުދާސްތަކާއި ޚިޔާލުތަކާއި އުންމީދުތައް ހުށަހެޅޭ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް ގާއިމުކުރާނެ ކަމަށެވެ.
“މި ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަދޭ. ދަންނަވަންތޯ. އަޅުގަނޑު ދެ ފުށްފެންނަ ސަރުކާރެއް ބޭނުންވަނީ އޭގެ ޙަޤީޤީ މާނައިގައިގާ” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ޕަބްލިކް ފޯރަމްތަކެއް ބާއްވަން ފަށާނެ ކަމަށާއި މިއީ ކޮންމެ ތިންމަހުން އެއް މަހު އޮންނާނެ ޕްރޮގްރާމެއް ކަމަށެވެ.
އަދި ރައްޔިތުންގެ ހާލު ބެލުމަށްޓަކައި މި ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހައި ރަށަކަށް، ދައުލަތުގެ ވަޒީރު ބޭފުޅުންނާއި ކުންފުނިތަކުގެ މަސްއޫލުވެރިން ހިމެނޭ ގޮތަށް ރައްޔިތުންގެ އަރިހަށް ވަފުދުތައް ދަތުރުކުރާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ދިވެހި ރައްޔިތުންނާ އެއްކޮޅަށް ކަންކަން ނިންމުމަކީ ކޮބައިތޯ އަދި އޭގެ ފައިދާއަކީ ކޮބައިތޯ ބަލައި ވިސްނާލުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
“މިސާލަކަށް މި މި ހިނގާ 2023ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި އަޅުގަނޑު ވާދަކުރަމުން ދިޔައިރު، އަޅުގަނޑު ރައްޔިތުންނަށް ވަރަށް ގިނަ ވަޢުދުވިން. އަދި އާންމުކޮށް ގިނަ މީހުން ނުވާ ބާވަތެއްގެ ވަޢުދެއް ވެސް އަޅުގަނޑު ތަކުރާރުކޮށް އެބަވަން. އެއީ ކޮން ވަޢުދެއްތޯ؟ އެއީ ވަޢުދުތައް ފުއްދާނެ ކަމަށް ވާ ވަޢުދު” މުޢިއްޒު ވިދާޅުވިއެވެ.
ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދާއި އެއްގޮތަށް ފެއްތުމަށް ޓަކައި އެމެން ނަށް އަލުން ވާރކް ވިސާދިނުން އެވާނީ ސީދާ ގާނޫނާއި ޚިލާފު ކަމެކޭ ދެން ބަލާބަލަ ރާއްޖޭގައި ހިންގާ ހުރިހާ ރިސޯރޓްސް ތަކުގެ ކެޝުއަލް ލޭބަރުން އެއީ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މިފެށޭ އާއަހަރަށް ޓަކައި އެތައް ހާސް ބިދޭސީން އެބައުޅޭ ރިސޯރޓް ތަކުގައި މަސައްކަތުގައި މީ ދިވެހިންނަށް ހުރި ފުރުސަތު ޖަހައިގަންނަނީއޭ ވަޒީރަށް ކޮންކަމެއްތޭ ކުރެވެނީ މުއިއްޒު އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ އަޒުލްކުރޭ