Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހުޅުމާލެއިން ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ފެނިއްޖެ

ހުޅުމާލެއިން ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ފެނިއްޖެ

ފައިލޭރިއާ ޖެހިފައިވާ ބިދޭސީ މަސައްކަތްތެރިއަކު ހުޅުމާލެ އިން ފެނިއްޖެއެވެ.

ހުޅުމާލެއިން ފައިލޭރިއާ އަށް ބިދޭސީއަކު ފައްސިވެފައިވާކަން އެނގިފައި ވަނީ ހދ. ކުޅުދުއްފުށިން ފައިލޭރިއާ ޖެހިފައިވާ 25 މީހަކު ފެނުމާއި ގުޅިގެން، މިހާރު ފަށާފައިވާ ސްކްރީނިން ޕްރޮގްރާމްގެ ތެރެއިންނެވެ.

އެހެންކަމުން ހުޅުމާލެއިން މި ބައްޔަށް ފައްސިވި ބިދޭސީމީހާ މަސައްކަތު މީހާ އާއެކު މިހާތަނަށް ފައިލޭރިއާ ޖެހިފައިވާ 26 ބިދޭސީއަކު ރާއްޖެ އިން ވަނީ ފެނިފައެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖެއިން ފައިލޭރިއާއަށް ފައްސިވެފައިވާ މީހުންގެ ތެރޭގައި އިންޑިއާގެ ބިހާރާއި އުއްތަރު ޕްރަދޭޝް އާއި ގޯޕާލްގަންޖާއި ޓެމިލްނާޑޫގެ އިތުރުން ބަންގްލަދޭޝްގެ ކުމިލާ ކިޔާ ސަރަހައްދުން އައިސްފައިވާ މީހުން ހިމެނޭ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

ފައިލޭރިއާ ޖެހެނީ، ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް