މަޖިލިސް އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީ، ޖޭޕީގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޖޭޕީން ބުނީ މުއްދަތު އިތުރުކުރީ މިދުވަސްވަރަކީ ސްކޫލްތަކުގެ ޗުއްޓީ ދުވަސްކޮޅާ ގުޅިގެން ރާއްޖެއާއިން ބޭރަށާއި އަތޮޅުތަކުގެ ރަށްތަކަށް ގިނަބަޔަކު ދަތުރުކުރަންޖެހޭ ދުވަސްވަރަކަށް ވާތީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތަށް އެދި ހުށައަޅަން ލިބުނު މުއްދަތުގައި ފޯމް ހުށައެޅުމަށް ގިނަ މީހުންނަށް ދަތިވާތީކަމަށެވެ.
ކުރިން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހަށެވެ. މިހާރު އެ ފުރުސަތު ވަނީ އަންނަ މަހުގެ 25 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ.
މި އިންތިހާބަށް ވާދަކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން އެ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް ޚާއްސަކޮށްފައިވާ ފޯމު ފުރުމަށްފަހު، އެ ފަރާތެއްގެ ވަނަވަރާއި، ސެޓްފިކެޓްތަކުގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުމަށް ޖޭޕީން ވަނީ އެދިފައެވެ.
ވަޒީރުންނަށް މަޖްލީހުގެ ރުހުން ނުދިނުން ވަރަށް ރަނގަޅު ކަމެކޭ ރުހުން ދޭން ފެންނަ އެކަކުވެސް ނެތޭ ތިތަނުގައި ރުހުންދޭނީ ދެން އަންނަ މަޖްލީހެއްގައޭ އެ މަޖްލީހުން ޕީއެންސީ އަށް ގިނަ ގޮނޑި ލިބިއްޖެނަމަ އެނޫންނަމަ ދީގެން ނުވާނެއޭ މުއިއްޒު އެވަނީ ރައީސް ޔާމީނަށް ޚިޔާނާތް ތެރިވެފައޭ ދެން އޭނާގެ ވަޒީރުންނަށް ރުހުން ދީފިނަމަ އެމެން ރައްޔިތުންނަށް ޚިޔާނާތް ތެރިވާން ފަސްވެސް ނުޖެހޭނެއޭ ނުދޭތި ރުހުން ރަސްމާލޭ ހިއްކަން ނަމުގައި ކުރަނީ ބޮޑު ވައްކަމޭ