ހުޅުމާލޭ މުނިސިޕަލް މަސައްކަތްތައް މާލޭ ސިޓީ ކައުންސިލަށް ބަދަލުކޮށްފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އަދި މާދަމާއިން ފެށިގެން އޮފީހާއި ބިންތަކާއި ހަރު މުދަލުގެ އިތުރުން މުވައްޒަފުން ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާ ފެށިގެންދާނެކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ހުރިހާ މުވައްޒަފުންނަށް ވެސް މިހާރު ލިބެމުން އަންނަ އުޖޫރައާ އެއްވަރުގެ އުޖޫރައެއް އެއް އަހަރު ވަންދެން ލިބޭނެ ކަމަށާއި އެކަމުގެ ތަފްސީލް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.
ހުޅުމާލޭން ޖުމްހޫރީ މައިދާން ވަރުގެ 100 ބިން ލަންކާ ކުންފުންނަކަށް ހިލޭ މިސަރުކާރުން ދޭން ޖެހުނީ ކިއެއްވެތޭ އެކުންފުނިން ކުރާ ކަމަކީ ކޮބައިތޭ އެމްޓީސީސީގެ ކޮންނަ ބޯޓް ހިލޭ އެކުންފުންނަށް ދިނީ ކިއެއްވެތޭ އެމްޓީސީސީ ބަނގުރޫޓް ކޮށްލަނީ ކިއެއްވެތޭ ހުޅުމޭ ބިން ލަންކާ ކުންފުންނަށްދިނުމުގެ ކުރިން ހުޅުމާލޭން ބިން ހުސްވެއްޖެކަމަށް މި ސަރުކާރުން ބުނީ ކިއެއްވެތޭ…