ޚަބަރު ސިޔާސީ

ހުޅުމާލެ ދެކުނު ދާއިރާއަށް ނަހުލާ ވާދަކުރައްވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް ސާލިހުގެ ސަރުކާރުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރުކަން ކުރެއްވި އައިޝަތު ނަހުލާ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރައްވަން ނިންމައިފިއެވެ.

Ads by Sosun Fihaara

އެކްސްގައި ނަހުލާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަަރު ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަން ނިންމާފައިވާ ކަމަށާއި ދާއިރާގެ ރައްޔިތުން ތާއީދުކޮށް ވޯޓު ދޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

"2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން މާތް ﷲ ގެ ވާގިފުޅާ އެކު އަޅުގަނޑު އައިޝަތު ނަހުލާ (އައިޝާ) ކުރިމަތިލުމަށް ނިންމައިފީމެވެ. އަޅުގަނޑު އުންމީދުކުރަނީ ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުން, އަޅުގަނޑަށް ތާއީދުކޮށް ތިޔަ ބޭފުޅުންގެ ވޯޓް އަޅުގަނޑަށް ދެއްވުން" ނަހުލާ ވިދާޅުވިއެވެ.

ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް އެދުމުގެ ފުރުޞަތު މި މަހުގެ 25 އާ ހަމައަށް ހުޅުވާފައިވާއިރު ކުރީ ސަރުކާރުގެ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވެސް ވަނީ ވ. ފެލިދޫ ދާއިރާއަށް ވާދަކުރައްވާކަން އިޢުލާން ކުރައްވާފައެވެ.

Ads by Ooredoo
  1. ލީމާނު

    ކޮއްކޯ ލަދެއްގަ ބެދެންދޯ ތިއުޅެނީ ފިރިމީހާފަދައިން.

  2. ސައިލަން

    އެއައްޗިތަނެއްއެތަނުގާތިބެނ

  3. ފަރީދާ

    އެއައްޗިތަނެއްއެތަނުގާކުރަނީބްރޭންވޮޝް ކީއްކުރަންއެތަނައްވަންނަނީމިހާރުވެސްއެއުޅެނީއަމިއްލައައްބައިތުލްމާލުނަގާނެވަރުކަޑައަޅާއިގެންރައްޔަތުންތިބީއެކަމާރަތައްއަރާފާ އެތާތެރޭގާވަރައްއަބުރުކަތިލާނެ ފަހަރެއްގާމެޑަމަކައްވެސްވެދާނެރެސްޓްކޮއްލާރައްރަށައްގޮސްރައްޓެހިންގިނަކުރުންނާމޮޅުވާނެ