ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލިސް އިންތިހާބުގައި ވާދަކުރަން 11 ކެންޑިޑޭޓުން ފޯމް ހުށަހަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް 11 ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

Ads by STELCO

އީސީގެ ނައިބް ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ 2024 ޖެނުއަރީ 30 އިން ފެބުރުއަރީ 7 ގެ ނިޔަލަށް، މަޖިލީހުގެ އިންތިޚާބަށް ކުރިމަތި ލެއްވީ 11 ބޭފުޅުން ކަމަށެވެ. އެއީ، އަމިއްލަގޮތުން 6 ބޭފުޅުން, އެމް.ޑީ.އޭގެ 3 ބޭފުޅުން, ސަރުކާރު ހިންގާ ޕީއެންސީގެ ދެ ބޭފުޅުން ކަމަށާއި އޭގެ ތެރެއިން 10 ހުށަހެޅުމެއް އީސީން ބަލައިގަނެ، 1 ހުށަހެޅުން ބަލައިގެންފައިނުވާ ކަމަށް ހަބީބް ވިދަޅުވިއެވެ.

އީސީން ވަނީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަށް އެކަމަށް އެދި ފޯމު ހުށަހެޅުމަށް އެދިވަޑައިގެންފައެވެ. ހަބީބު ވިދާޅުވީ ފަހުވަގުތަށް މަޑުކުރުމުން ފޯމުގައި ދިމާވާ މައްސަލައެއް ހައްލު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ފުރުސަތު ނުލިބިދާނެ ކަމަށެވެ.

ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރު ނުކުރާނެކަން ކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ. މަޖިލިސް އިންތިޚާބުގައި ސިޔާސީ ޕާޓީތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ވާދަކުރެވޭނެއެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މާޗު މަހުގެ 17ވަނަ ދުވަހުއެވެ.

Ads by Ooredoo
  1. I have read some excellent stuff here Definitely value bookmarking for revisiting I wonder how much effort you put to make the sort of excellent informative website