ދުނިޔެ

ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނެ ފައިސާ ނެތުމުން އިންޑިއާ މީހަކު އޭނާގެ މަންމަގެ ހަށިގަނޑު މަގުމައްޗަށް ދޫކޮށްލައިފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ހައިދަރުއާބާދު، އިންޑިއާ: ހަފްތާއެއް ވަންދެން ބަލިވެ އުޅުމަށްފަހު މިދިޔަ ހޮނިހިރު ދުވަހު މަރުވި އަންހެނެއްގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނެ ފައިސާ ނެތުމުގެ ސަބަބުން އޭނާގެ ހަށިގަނޑު މަގު މައްޗަށް ދޫކޮށްލައިފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ ހައިދަރުއާބާދުގައި ހިނގި މި ޙާދިޘާގައި އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ ، މައްޔިތާގެ ހަށިގަނޑު މަގު މައްޗަށް ދޫކޮށްލީ އޭނާގެ އުފަން ދަރިފުޅު ކަމަށް ވުމުންނެވެ.

ހައިދަރުއާބާދުގެ ފުލުހުން ބުނެފައިވަނީ ރަޖާގަނޑެއް އޮޅާލައިވާ މައްޔިތެއްގެ ހަށިގަނޑެއް މިދިޔަ އާދީއްތަ ދުވަހު މަގު މަތިން ފެނިފައިވާ ކަމަށާއި ، މަގު މައްޗަށް އެ ހަށިގަނޑު ދޫކޮށްލީ އެ އަންހެނާގެ ދަރިފުޅު ކަމަށެވެ.

''މިދިޔަ ހަތަރު ވަރަކަށް ދުވަހު އެ އަންހެން މީހާ އުޅުނީ ހުން އައިސް ބަލިވެ ، އޭނާ މަރުވީ މިދިޔަ ހޮނިހިރު ދުވަހު ، ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނެ ފައިސާ ނެތް ކަމަށާއި ، އަދި ހުން އައިސް ބަލިވެ އުޅުމަށްފަހު މަންމަ މަރުވުމުން (ކޮވިޑަށް ޝައްކުކޮށް) އިމާރާތުގެ ވެރިމީހާ މައްސަލަތަކެއް ޖައްސަފާނެތީ ރަޖާގަނޑަކަށް ލާފައި މަންމަގެ ހަށިގަނޑު މަގު މައްޗަށް ދޫކޮށްލީ ސެކިޔުރިޓީ ގާޑަކަށް އުޅޭ އޭނާގެ ފިރިހެން ދަރިފުޅު" ފުލުހުން އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ.

ކޮވިޑްގެ މި ޙާލަތާއި ގުޅިގެން މަރުވާ މީހުންގެ ހަށިގަނޑު މަގުމައްޗަށް ދޫކޮށްލުމަކީ ބައެއް ގައުމުތަކުގައި އާންމު ކަމަކަށް ވަނީ ވެފައެވެ، ހައިދަރުއާބާދުގައި ވެސް މިފަދަ އިތުރު ޙާދިޘާއެއް މިދިޔަ މަހު ހިނގާފައިވެއެވެ. އެ ޙާދިޘާގައި ވެސް މަންމަގެ ހަށިގަނޑު މަގުމައްޗަށް އެއްލާލި އަންހެން ދެ ދަރިން ބުނީ އެމީހުން އެކަން ކުރީ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދެވޭނެ ފަދައެއް ނެތުމުން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!