ޚަބަރު

ވިލިމާލެ ބުރިޖަށް 400 މިލިއަން ޑޮލަރު ދައްކަންޖެހޭ،ދަރަނި ދަންތުރައަކީ ކޮބައިތޯ: މޮސްޓާ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ޗައިނާ މޯލްޑިވްސް ފްރައިންޑްޝިޕް ބުރިޖްގެ މަސައްކަތަށް ދައުލަތުން ދައްކަން ޖެހެނީ 98 މިލިއަން ޑޮލަރު ކަމަށާއި ވިލިމާލެ ބުރިޖްގެ މަސައްކަތަށް 400 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ނޮޅިވަރަމް ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

Ads by MWSC

ޗައިނާ މޯލްޑިވްސް ފްރައިންޑްޝިޕް ބުރިޖާއި ވިލިމާލޭ ބުރިޖުގެ ޚަރަދުގެ ވާހަކަ ބަޔާން ކުރަމުން މޮސްޓާ ކުރެއްވި ޓްވީޓެއްގައި ސުވާލު ކޮށްފައިވަނީ ''ދަރަނީގެ ދަންތުރައަކީ ކޮބައިތޯ؟'' އެވެ.

ވިލިމާލެއާއި މާލެއާއި ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބުރިޖްގެ މަސައްކަތް އެޅުމަށް ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގައެވެ. އެ އެހީގެ ބޮޑު ބަޔަކީ ލޯނެވެ.

މޮސްޓާ މިގޮތަށް ޓްވީޓް ކުރައްވާފައި މިވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކާއި އާންމުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. އަދި ގައުމު ވިއްކާލުމާއި ދެކޮޅަށް ގޮވާލާ މި ގޮވާލުންތަކާއި ގުޅިގެން ، ރައީސް ނަޝީދުގެ ވެސް ރައްދެއް ދެއްވާފައިވާ ވަނިކޮށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެ ޗައިނާއަށް ދަރުވާލާފައިވާ ކަމަށެވެ.

Ads by Allied Insurance
  1. ބަލަ މިއީ ކޮރަޕުށަންނައތާލާ އަދުލުއިންސާފުގާއިމްކުރަން ކަމަށބުނެ އައިބައެެއ ދެންބަލަންވީ މިފާއިތުވެގެން މިދާ 2 އަގަރުތެރޭގަ ކަންތައވެގެންމިދިއަ ގޮތ.
    ސަލާމް.