ޚަބަރު

ރައީސް އަޒުލުކޮށް ވެރިކަން ބަދަލުކުރަން ސޯލިހު ގޮވާލައިފި

އައިކާ ޔުނާން ، ދެން އޮންލައިން

މިއީ ވެރިކަމުގައި ބައިތިއްބަން ހެޔޮވާވަރުގެ ބައެއް ނޫން ކަމަށް ސިފަކޮށް, ވެރިކަން ވައްޓާލަން ޖެހޭ ފަދަ އިޝާރާތެއް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ދެއްވައިފިއެވެ.

ސޯލިހު މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ޅ. ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ ސޯލިހުގެ ކޮއްކޯފުޅު ޖީހާން މަހުމޫދުގެ ކެމްޕެއިނަށް މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައެވެ.

ސަރުކާރު ހިންގާ ކޮންގްރެސް ކޯލިޝަންގެ ޖަލްސާއެއްގައި ވޯޓު ދޭ މީހުންނަށް އެކަނި ކަރަންޓު ދޭން ދިއްދޫ ފެނަކަ އެސިސްޓެންޓު މެނޭޖަރު ގޮވާލި ވާހަކައަށް ރައްދު ދެއްވައި އެމްޑީޕީގެ އެޑްވައިޒަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ސޯލިހު ވިދާޅުވީ, އެއީ ވިސްނަން ވެސް ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.

ކަރަންޓާ ނުލައި މި ޒަމަނުގައި ނޫޅޭވޭނެ ކަން ފާހަގަކުރައްވައި, އެމަނިކުފާނު ވަނީ އެ ދައްކަނީ ކޮންފަދަ ވާހަކައެއްތޯ ސުވާލުކުރައްވައިފައެވެ.

މިދިޔަ ފަސް އަހަރު ވެރިކަން ކުރެއްވި ސޯލިހު ވިދާޅުވީ ރައްޔިތުންނަށް މިފަދަ ދުއްތުރާލާއި ތުރާ ދޭން ބޭނުންވާ ބަޔަކު ވެރިކަމުގައި ބައިތިއްބަން ހެޔޮނުވާނެ ކަމަށެވެ. އަދި ނުސީދާކޮށް ސޯލިހު ގޮވާލެއްވީ މި ވެރިކަން ވައްޓާލުމަށެވެ.

""ވީހާ ވެސް އަވަހަކަށް ކުރަންވީ ކަމަކީ މި ބޭފުޅުން މިކަމުން ދުރުކުރުން. އެހެންނޫންނަމަ އަޅުގަނޑުމެންނަށް ކުރިމަތީގައި އޮތީ ވަރަށް ނާމާން ބިރުވެރިކަމެއް." ސޯލިހު ވިދާޅުވިއެވެ.

އެ ވާހަކަތައް ދޮގުކޮށް ޕީއެންސީން ނެރުނު ބަޔާނަށް ވެސް އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން އެއީ ދޮގޭ ބުނާއިރު, އެ ޕާޓީގެ "އިސްވެރިއަކަށް ހުންނަ މީހަކު ވެސް ތަކުރާރުކޮށް ކުރާ ކަމަކީ" އެއީ ކަމަށް ވިދާޅުވިއެވެ.

"ރޭގަނޑު ހޭލާ އިންނައިރު ވެސް ވިސްނާ ކަމަކީ މާދަމާ ތިމަންނަ ހަދާނީ ކޮން ދޮގެއްތޯ ވިސްނުން. އެ ނޫން ކަމެއް ނިދިނުކުރައްވާ އަވަހާރަފުޅުނުލައްޕަވާ ނުކުރައްވާ. މިއަދު ހެދުނު ދޮގާ ދޭތެރޭގައި ވިސްނާފައި މާދަމާ ހަދަން ޖެހޭނީ އެއަށް ވުރެ ބޮޑު ދޮގެއްކަން އެހެންވީމާ އެއަށް ތައްޔާރުވަނީ ކޮންމެ ރެއަކު." ސޯލިހު ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ މި ކަންކަމުން ކޮންމެހެން ގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށެވެ.

Ads by Ooredoo
  1. ދޮހިކަރު

    ތި ދެން ވަރަށް ދެެރަ ކަމެއް. ރައްޔިތުން އިންތިހާބު ކުރި ވެރިއެއް..އިދިކޮޅުން ހަމަ ބޭނުން ވާއިރަށް ވައްޓާލަންވީ. ޙުސް އެއްކަލަ މީހުން މިއުޅެނީ. ދުނިޔެ އެދުންވެރިވެގަން

  2. ކޮވެލި

    މީނަ ފޯރިއެއް އެބަހުރިދޯ ހާދަ ހަޑި ގޮތަކަށޭ ތިއުޅެނީ
    މީނަޔަށް ނޭގޭދޯ ކެންޕެއިން ކޮށްދޭންވެސް.

  3. ފާތުން

    ނުވާނެ ތިކަމެއް އިންޝާﷲ!

  4. ދޫފަރިތަ

    މިކަލޭގެ ކުރިކަންކަމުގެ ވާހަކަ ކަން ނޭގެ އެހާ ޔަޤީންކަމާއެކު އެދައްކަނީ…. ހިއްކި ފަޅުތަކާއި ނޮނުނު ފަޅުތަކުގެ ޢަދަދުވެސް ތެދުބަހުން ބުނަ ނޭނގުނު މީހަކު މިއަދު މިފަދަ ވާހަކަ ޕޯޑިއަމް ތަކުގައި ދަްކަން ލަދެއްޙަޔަތެއްނެތް ކަމޭ ހިތަށް އަރާ….

  5. ދޫފަރިތަ

    މިކަލޭގެ ކުރިކަންކަމުގެ ވާހަކަ ކަން ނޭގެ އެހާ ޔަޤީންކަމާއެކު އެދައްކަނީ…. ހިއްކި ފަޅުތަކާއި ކޮނުނު ފަޅުތަކުގެ ޢަދަދުވެސް ތެދުބަހުން ބުނަ ނޭނގުނު މީހަކު މިއަދު މިފަދަ ވާހަކަ ޕޯޑިއަމް ތަކުގައި ދަްކަން ލަދެއްޙަޔަތެއްނެތް ކަމޭ ހިތަށް އަރާ….

  6. ޢބްދޫ

    މިގޮވާލި ގޮވުމަކީ ބަގާވާތެއްގެންނަން ގޮވުނަކަމަށް ބަލާ މިކަލޭގެ ހައޔަރުކޮށް އވަހަށް ތަހުގީގު ފަށަންގޮވާލަން.