ބޮލީވުޑް މުނިފޫހިފިލުވުން

ހަށިގަނޑު ރީތިކޮށް ބަހައްޓަން ބޭނުމިއްޔާ ޖެކްލިން މި ބުނާގޮތް ހަދާބަލަ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓްރެސް ޖެކްލިން ފަރނަންޑެޒްގެ ރީތި ކަމަކީ ގިނަ މީހުން ވަރަށް އަޅައިގަނެ ތައުރީފު ކުރަމުންދާ ކަމެކެވެ.

Ads by STELCO

ހަށިގަނޑަށް ވަރަށް ބަލައިގެން އުޅޭ ކަސްރަތު ކުރުމުގައާއި ސިއްޙަތައް ފައިދާހުރި ކާނާ ކެއުމަށް ޚާއްސަ ސަމާލުކަމެއް ދީގެން އުޅޭ ޖެކްލިން، އޭނާގެ އިސްޓަގްރާމަށް ފޮޓޯއެއް ލިޔަސް ފަޅި ސިކުންތުކޮޅެއްގެ ތެރޭ އޭނާއަށް ތައުރީފުގެ ބަސްތައް އޮހެން ފަށައެވެ.

ހަށިގަނޑު ރީތިކޮށް ބެލެހެއްޓިދާނެ ކަސްރަތު ވީޑިއޯ ތަކެއްވެސް ޖެކްލިން ވަނީ އިންސްޓަގްރާމް ގައި ހިއްސާ ކޮށްފައެވެ.
އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ޖެކްލިން ބުނީ ސިއްޙަތަށް ފައިދާހުރި ކާނާ ކެއުމުގެ އިތުރުން ކަސްރަތު ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އޭގެ ސަބަބުން މީހާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް ފައިދާވާނެ ކަމަށް ޖެކްލިން ބުނެފައިވެއެވެ.

"އާއްމުގޮތެއްގައި އަހަރެން ދަނީ ޖިމަށް. އަޒުމް ކަނޑައަޅަންވީ ފްލެކްސިބިލިޓީ އާއި ހިތްވަރާއި ބުންވަރު ހޯދުމަށް. ކޮންމެ މީހަކަށް ޖިމަށް ނުދެވިދާނެ. އެކަމަކު ކޮންމެ މީހަކަށް ވެސް ބަރުދަން ލުއިކޮށް، ހަށިގަނޑަށް ބަލައިގެން އުޅުމަށް ހިނގަންށާއި ދުވަން ގޮސް ހެދިދާނެ. ކާޑިއޯ ހެދުމަށް މިއީ މުހިންމު ކަންތައް. މީގެއިތުރުން ނެށުމާއި ފެތުން ވެސް. މިކަންކަން ކޮށްލެވިދާނެ އަތުން ބޮޑު ޚަރަދެއް ނުކޮށް ވެސް" ޖެކްލިން ބުންޏެވެ.

ބަރުދަން ލުއިކުރަން ބަރު އުފުލުން މުހިންމުތޯ ކޮށްފައިވާ ސުވާލަށް ޖެކްލިން ބުނީ ބަރު އުފުލުމަކީ ބަރުދަން ލުއިކޮށްދޭ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ހަށިގަނޑުގެ މަސްތައް ޓޯނު ކޮށްދޭ ކަމެއް ކަމުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!