ދީން

ތިބާގެ ކާމިޔާބީއަކީ ބައެއް މީހުންގެ ކަންބޮޑުވުމަކަށް ވާނެކަން ދަންނަން ޖެހޭނެ:މުފްތީ މެންކް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ތިބާއަށް ލިބޭ ކާމިޔާބީއަކީ ބައެއް މީހުންގެ ކަންބޮޑުވުމަކަށް ވާނެކަން ދަންނަން ޖެހޭނެ ކަމަށް ޒިމްބާބުވޭގެ މުފްތީ އިސްމާއީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގެ އެކި މަންސަތަކުގައި ކޮންމެ ދުވަހަކު ދީނީ އެތައް އިރުޝާދާއި ނަސޭހަތެއް ދެއްވާ މެންކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިބާގެ ކާމިޔާބީއާ މެދު ބައެއް މީހުން ކަންބޮޑު ވާނެ ކަމަށާއި އަދި އެއީ އެބައެއްގެ ދަށުގައި ތިބާ ވާން އެދޭ މީހުންނަށް ނުތަނަވަސްކަން ވެރިވާނެ ކަމެއް ކަމަށެވެ.

"އެފަދަ މީހުން ތިބާގެ އަގު ވައްޓާލަން ތިބާއާއި ބެހޭ ދޮގު ވާހަކަތައް ފަތުރާނެ ،އެކަންކަމާއި ފިކުރު ނުކުރޭ!އެމީހުންނަށް ތިބާގެ މައްޗަށް ބާރެއް ލިބިގެނެއް ނުވޭ، (ބާރުވެރި ފަރާތަކީ ހަމައެކަނި ﷲ ތަޢާލާ) އެކަން ބައްލަވާ ވޮޑިގަންނަވާނެ!" މުފްތީ ލިޔުއްވާފައިވެއެވެ.

ދީނީ ދައުވަތު ފެތުރެއްވުމުގައި މުފްތީ މެންކަކީ ވަރަށް ޙަރަކާތްތެރި ބޭކަލެކެވެ. ގައުމުތަކަށް ދަތުރުކޮށް ދީނީ ދަރުސްތައް ދެއްވުމުގެ އިތުރުން ދީނީ ދައުވަތު ފެތުރުމުގައި މަސައްކަތް ކުރައްވާ ޖަމްޢިއްޔާތަކަށް މެންކް ގެންދަވަނީ އެހީތެރިވެ ދެއްވަމުންނެވެ. އެގޮތުން އަބުދުﷲ ފައުންޑޭޝަންގެ އެމްބެސެޑަރކަމަށް ވެސް އެމަނިކުފާނު ވަނީ ދާދި ފަހުން ހަމަޖައްސާ އެ މަގާމު ޤަބޫލު ކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނަކީ މީސް މީޑިއާގައި ވެސް މުސްލިމުންނާއި ޣައިރު މުސްލިމުން ހިމެނޭ ގޮތަށް އެތައް މިލިއަން މީހުންނެއް ފޮލޯކުރާ ބޭކަލެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!