ދުނިޔެ

އޮކްސްފޯޑުން އުފެއްދި ކޮވިޑް ވެކްސިންގެ އަޖުމަ ބެލުން ކުރިއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފެތުރެމުން އަންނަ ކޮވިޑް-19 އިން ރައްކާތެރިވުމަށް އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެންކާ އިން އުފެއްދި ވެކްސިންގެ އަޖުމަ ބެލުން މެދުކަނޑާލާފައި އޮތުމަށްފަހު އަނެއްކާވެސް ކުރިއަށގެންދަން ނިންމައިފިއެވެ.

Ads by Sosun Fihaara

އެވެކްސިންގެ އަޖުމަ ބެލުން މެދުކަނޑާލީ، ވެކްސިން ދިން މީހުންގެ ތެރެއިން އެކަކު ބަލިވުމުންނެވެ.
އަޖުމަ ބެލުމުގެ ވެކްސިން ދިން މީހުންގެ ތެރެއިން އެކަކަށް ސައިޑްއިފެކްޓްސްގެ އަސަރު މާބޮޑަށްކޮށް ބަލިވި ކަމަށް ބެލެވުމުން ވެކްސިންގެ ޓްރަޔަލް މެދުކަނޑާލީ މިދިޔަ އަންގާރަ ދުވަހު ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ނަމަވެސް މިއަދު އޮކްސްފޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެކްސިން ދިނުން ރައްކާތެރިކަމަށާއި އެހެންކަމުން ޓްރަޔަލް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އޮކްސްފޯޑުން ތައްޔާރުކުރާ ވެކްސިންގެ އަޖުމަ ބެލުން ކުރިއަށް ގެންދަން ނިންމީ މެޑިސިންސް އެންޑް ހެލްތު ކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ހުއްދަ ދިނުމުން ކަމަށް ވެސް ބުނެފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ އެކި ޤައުމުތަކުން އަންނަނީ ވެކްސިން އުފައްދަމުންނެވެ. ނަމަވެސް އެހުރިހާ ވެކްސިނެއްގެ ތެރެއިން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ދައްކާނެ ކަމަށް ޤަބޫލުކުރެވި އެންމެ ބޮޑު އުންމީދެއް ގިނަ ފަރާތްތަކުން ކޮށްފައިވަނީ އޮކްސްފޯޑުން އުފައްދާ ވެކްސިން އާއި މެދުގައެވެ.

އޮކްސްފޯޑުން ބުނެފައިވަނީ އެތައްހާސް ބަޔަކު މިވެކްސިން އަށް ޓެސްޓު ކުރަމުންދާއިރު، މަދު ބަޔަކު ބަލިވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ނަމަވެސް އޭގެ މާނައަކީ ވެކްސިން މަސައްކަތް ނުކުރުން ނޫން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!