ދުނިޔެ

ޗައިނާގެ ވެކްސިން އާންމުންނަށް ލިބޭނީ އެންމެ އަވަހަށްވެސް ނޮވެމްބަރ ގައި : ސީޑީސީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑު-19 އަށް ޗައިނާއިން އުފައްދާފައިވާ ވެކްސިން އެގައުމުގެ އާންމުންނަށް އެންމެ އަވަހަށް ވެސް ފޯރުކޮށްދެވޭނެ ކަމަށް ލަފާކުރެވެނީ ނޮވެމްބަރުމަހުގައި ކަމަށް ޗައިނީޒް ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ( ސީޑީސީ ) އިން އިއުލާނު ކޮށްފިއެވެ.

Ads by Sosun Fihaara

ސީޑީސީގެ ޗީފް ބަޔޯސޭފްޓީ އެކްސްޕާރޓް ވޫ ގުއިޒެން މިހެން ވިދާޅުވީ މިދިޔަ ހޯމަ ދުވަހު އެގައުމުގެ ޓީވީ ޗެނަލްއެއް ކަމަށް ވާސްޓޭޓް ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ޗައިނާގެ 4 ވެކްސިންނެއް ތައްޔާރުކޮށް ޓެސްޓު ކުރުމުގެ އެންމެ ފަހު މަރުހަލާގައި ވާއިރު، މީގެން 3 ވެކްސިނެއް މިހާރު ވަނީ އެގައުމުގެ ޞިއްޙީ ޚިދުމަތްތެރީންނަށް މިދިޔަ ޖުލައި މަހު ދޭން ފަށާފައެވެ.

އެތައް ހާސް ޗައިނާ ގެ ރައްޔިތުންނަށް މިހާރު މި ވެކްސިންތައް ފޯރުކޮށްދީފައި ވާއިރު، އެއްވެސް މީހަކަށް މި ވެކްސިން ތަކުގެ ސަބަބުން އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ކޮށްފައި ނުވާކަމަށް ކަމާބެހޭ ފަރާތުން މިދިޔަ ހަފްތާގައި ވަނީ މައުލޫމާތު ދީފައެވެ.

މީގެ އިތުރުން މިދިޔަ މަހު ޗައިނާއިން ބުނެފައިވަނީ މި ވެކްސިންތައް މާރުކޭޓު ތަކުގައި މަސައްކަތް ކުރާ މީހުނަށާއި، ޕްބްލިކް ޓްރާންސްޕޯޓުގެ އިތުރުން ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ފޯރު ކޮށްދޭނެ ކަމަށެވެ.

ހަތަރުވަނައަށް ޗައިނާއިން އުފެއްދި ވެކްސިން ބޭނުން ކުރުމުގެ ހުއްދަކޭންސިނޯ ބަޔޮލޮޖިކްސް  އިން ދީފައިވަނީ މިދިޔަ ޖޫން މަހުގައި ނަމަވެސް އާންމުންނަށް މި ވެކްސިން ފޯރުކޮށްދެވޭނެ ވަރު ވާނީ ނޮވެމްބަރު ނޫނީ ޑިސެމްބަރު ހިސާބުގައި ކަމަށް ސީޑީސީ އިން ވަނީ ހާމަކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!