ދުނިޔެ

ކައިވެންޏަށް 50 އަހަރު، ކޮވިޑް ބަލީގައި މަރުވީ އަތު ގުޅާލައިގެން ތިއްބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސީއެންއެން: ކޮވިޑް ބައްޔަށް ފައްސިވީ ނޯތު ކެރޮލައިނާގެ ދެމަފިރިއަކު ވަރަށް އަސަރުން ފުރޭ ގޮތަކަށް މިބަލީގައި މަރުވެއްޖެއެވެ.

Ads by Sosun Fihaara

ކައިވެންޏަށް 50 އަހަރު ފުރިފައިވާ މިދެމަފިރިން މަރުވީ އަތު ގުޅާލައިގެން ތިއްބައެވެ. އެމަންޒަރުގެ ފޮޓޯ މިހާރު މީސްމީޑިއާގައި ވެސް ދައުރުވަމުން ދާއިރު، ގިނަ ބައެއްގެ ސަމާލުކަން އެ ފޮޓޯތަކަށް ވަނީ ލިބިފައެވެ.

ޖޯނީ ލީ ޕީޕަލްސް (67އ.) އާއި ކެތީ ޑާލީން ޕީޕަލްސް މަރުވީ މިއަދު ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އެދެމަފިރިން ކޮވިޑަށް ފައްސިވެ ފަރުވާ ހޯދަމުން ދަނިކޮށް މަރުވެފައި ވަނީ ސެލިސްބިއުރީ ގައި ހުރި ހޮސްޕިޓަލެއްގައެވެ.

އެމީހުންގެ ފިރިހެން ދަރިފުޅު ޝޭން ޕީޕަލްސް ބުނި ގޮތުގައި އޭނާގެ މައިންބަފައިންގެ ތެރެއިން ފުރަތަމަ މަރުވީ އޭނަގެ ބައްޕައެވެ. މަންމަގެ އަތުގައި ހިފަހައްޓައިގެން އޮއްވާ ޝޭންގެ ބައްޕަ މަރުވިތާ ހަތަރު ވަރަކަށް މިނެޓު ފަހުން އޭނަ ގެ މަންމަ ވެސް ވަނީ މަރުވެފައެވެ

މިދެމަފިރިން ކޮވިޑް ބައްޔަށް ފައްސިވެ، ފަރުވާ ހޯދަމުންދާތާ 30 ދުވަސް ވެދާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ސަލާމަތްވާނެ ކަމުގެ އުއްމީދު ޑޮކްޓަރުން ވެސް ކަނޑާލުމުން، މިއަދު އެދެމަފިރިން ވަނީ އައިސީޔޫ ގެ އެއް ކޮޓަރިއަކަށްލާ، ގާތްގާތުގައި ބާއްވާފައެވެ.

އެދެމަފިރިންގެ ދަރި ޝޭން ބުނި ގޮތުގައި އޭނާގެ މައިންބަފައިންނަކީ އަބަދުވެސް އެކުއެކީގައި އަތުގުޅާލައިގެން އުޅުނު ދެމަފިރިންނެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!