ދުނިޔެ

ޓިކްޓޮކް ވީޑިއޯއެއް ނަގަން އުޅުމުގެ ތެރެއިން ތިން މީހަކު މަރުވެއްޖެ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކަރާޗީ،ޕާކިސްތާން: ކަރާޗީގައި ޓިކްޓޮކްގެ މަގުބޫލުކަން ލިބިފައިވާ ބަޔަކު ޓިކްޓޮކް ވީޑިއޯއެއް ނަގަން އުޅުމުގެ ތެރެއިން މަރުވެއްޖެއެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާތައް ބުނެފައިވާ ގޮތުގައި ވީޑިއޯ ނަގަން މަސައްކަތް ކުރީ ތިން މީހެކެވެ. ޕިކްނިކް ގޮސް ، ފުން ފެންގަނޑެއްގެ އައްސޭރީގައި ވީޑިއޯކުރަން އުޅެނިކޮށް އެކަކު ފެންގަނޑަށް ވެއްޓުމުން އަނެއް ދެމީހުން ، ވަގުތުން ފެންގަނޑަށް ފުންމާލާ އޭނާ ސަލާމަތް ކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް ފުލުހުންގެ ރެސްކިޔު ޓީމުން އެތަނަށް ދިޔައިރު ތިން މީހުން ވެސް ވަނީ ގެނބިގެން މަރުވެފައެވެ.

މަރުވެފައި ވަނީ 23 ،25 އަދި 18 އަހަރުގެ ޒުވާން ފިރިހެން ކުދީން ތަކެކެވެ.

ޓިކްޓޮކް ވީޑިއޯ ނެގުމާ އަދި ސެލްފީ ނެގުންފަދަ ކަންތައް ތަކުގައި ކޮންމެ އަހަރަކު މިފަދަ އެތައް ހާސް ހާދިސާއެއް ހިނގައެވެ. ދާދި ފަހުން އިންޑިއާގެ އަންހެނަކު މޫދު ކައިރީގައި ސެލްފީއެއް ނަގަން އުޅެނިކޮށް ޖެހި ރާޅެއްގައި އުރުގައި އިން ދަރިފުޅު ވެސް އަތުން ދޫވެ މޫދަށް ދަމައިގަނެފައި ވެއެވެ. އެ ހާދިސާ ހިނގިތާ ދެ ދުވަސްފަހުން ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ މޫދު އަޑީންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!