ޚަބަރު

މަސައްކަތް ފެށީ 3 މީހުންނާއެކު، މިހާތަަނަށް 1 ލައްކަ ޕީސީއާރ ޓެސްޓް އައިޖީއެމްއެޗް އިން ހަދައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އައިޖީއެމްއެޗް ގެ ލެބޯރެޓަރީ އިން 100،000 ކޮވިޑް19 ޕީސީއާރް ޓެސްޓު ކޮށްފައިވާކަމަށް އެ ހޮޮސްޕިޓަލުން ބުނެފިއެވެ.

Ads by MWSC

އައިޖީއެމް ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 28 ފެބްރުއަރީއިން ފެށިގެން އެހޮސްޕިޓަލުން ޕީސީއާރ ޓެސްޓް ހަދަން ފެށި ކަމަށާއި އަދި ރާއްޖެއިން ކޮވިޑް ފެނުނު ދުވަހުން ފެށިގެން، ހުއްޓާނުލާ 24 ގަޑިއިރު މިޚިދުމަތް ދެމުން އަންނަ ކަމަށެވެ.

އައިޖީއެމްއެޗް އިން ޕީސީއާރް ޓެސްޓުކުރަން ފެށީ ތިން މުވައްޒަފުންގެ ޓީމަކުން ކަމަށާއި ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދު ގިނަވާން ފެށުމުން، ޓީމުގައި ހިމެނޭ މުވައްޒަފުން އިތުރުކޮށް، މިހާރު ކޮވިޑް ޕީސީއާރް ޓެސްޓު ހެދުމުގައި 22 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗް އިން ބުނީ އެއީ ސާމްޕަލް އެކްސްޓްރެކްޓު ކުރުމުގައި ޒަމާނީ މެޝިންތަކާއި ޕީސީއާރް މެޝިންތައް އަދި އިތުރު މުވައްޒަފުން ތަމްރީނު ކުރުމުގެ ނަތީޖާއެއްގެ ގޮތުން،، ފެށިއިރު  ކޮންމެ 24 ގަޑިއިރަކު 100 ޕީސީއާރު ޓެސްޓް ކުރެވޭ ވަރަށް ޓެސްޓިން ކެޕޭސިޓީ ހުރި ނަމަވެސް މިހާރު ލެބުގެ ކެޕޭސިޓީ އަކީ ކޮންމެ 24 ގަޑިއިރަކު 1500 ޓެސްޓް ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!