ދުނިޔެ

ހިތާމަވެރި ޚަބަރެއް، ކޮވިޑް19 ވެކްސިނެއް ބޭނުން ކުރަން ފެށުމުގެ ކުރިން 2 މިލިޔަން މީހުން މަރުވެދާނެ ކަމުގެ އިންޒާރު ޑަބްލިއުއެޗްއޯ އިންދީފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19 އަށް ވެކްސިނެއް ލިބި ބޭނުން ކުރަން ފެށުމުގެ ކުރިން މަރުވާ މީހުންގެ ޖުމްލަ އަދަދު 2 މިލިޔަނަށްވުރެ ގިނަ ވެދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

Ads by Sosun Fihaara

ރޭ ޑަބްލިއުއެޗްއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގްޒެކެޓިވް ޑިރެކްޓަރ ޑރ.މައިކް ރަޔަން ވިދާޅުވީ، މިހާރު ކޮވިޑް ފެތުރެމުންދާ ބާރުމިނަށް ބަލާއިރު، މިބަލީގައި 2 މިލިޔަން މީހުން މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ނަންބަރުތައް ވަރަށް ގޯސް، އިތުރު ފިޔަވަޅުތައް އަޅަން ދުނިޔެ ތައްޔާރު ވާން ވެއްޖެ." މައިކް ވިދާޅުވިއެވެ.

މައިކް އިތުރަށް ވިދާޅުވީ، ކުރިޔަށް އޮތީ ސީޒަނަލް ފުލޫގެ ދުވަސްވަރު ކަމަށާއި ކޮވިޑް19 އާއި ސީޒަނަލް ފުލޫއާ އެއްފަހަރާ ދުނިޔެއާ ބައްދަލުކޮށްފިނަމަ، ހޮސްޕިޓަލްތައް ފުރިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފަރުވާ ނުދީ ބައެއް ފަރާތްތައް ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި މިކަމުގެ ސަބަބުން ކޮވިޑް19 ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވެގެން ގޮސްފާނެ ކަމަށްވެސް މައިކް ވިދާޅުވިއެވެ.

މައިކްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކޮށްފައިވަނީ މުޅި ޤައުމު އެއްކޮށް ލޮކްޑައުންއަށް ދިއުމަކީ ހައްލެއް ނޫން ކަމަށާއި ފަރުދީ ޒިންމާ އަދާ ކުރަން ވަނީ ހަނދާން ކޮށްދީފައެވެ.

ދުނިޔޭގައި މިހާތަަނަށް ކޮވިޑް19 ޖެހިގެން ޖުމްލަ 992,864 މަރުވެފައިވާއިރު، 32 މިލިޔަން މީހުންނަށް މިބަލިވަނީ ޖެހިފައެވެ.

Ads by HDC
  1. ޢިޒްހާން

    ެނދެން ހަމަ އަަްލިވެސް ތަ