ޚަބަރު

ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަލޭފާނު ހުންނެވި ނަމަ އަޅުވެތިކަމާއި ދެކޮޅަށް ނިކުންނަވާނެ : މޮސްޓާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ސިޔާސީ ދާއިރާގައި އަދިވެސް ނަމޫނާއަކަށް ބަލަނީ ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު ކަމުގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނަކީ މުޅި ކުޅުދުއްފުއްޓާއި ތިލަދުންމަތި ފަހުރުވެރިވާ ދަރިއެއްކަން ފާހަގަކުރައްވައި މޮސްޓާ ވިދާޅުވީ އޭނާ ނަމޫނާ އަކަށް ބަލަނީ އަދި ސިޔާސީ ލެޖެންޑެއް ކަމުގައި ދެކެނީ ވެސް ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު ކަމަށެވެ.

އެކަލޭފާނު މިއަދު ދުނިޔޭގައި ހުންނެވި ނަމަ އަޅުވެތިކަމާ ދެކޮޅަށް ނިކުންނަވައި ހައްގު ހޯދައިދޭނަމަ ކަމަށް މޮސްޓާ ، ފޭސްބުކްގައި ލިޔުއްވި ޕޯސްޓްގައި ވިދާޅުވިއެވެ.

"ހަމަ ޔަގީނުން ވެސް މިއަދުވެސް އެ ކަލޭފާނު ދުނިޔެމަތީ ހުރި ނަމަ އަޅުވެތިކަމާ ދެކޮޅަށް ނިކުންނާނެ ހައްގު ހޯދަން ފަސް ނުޖެހޭނެ، ތިލަދުންމައްޗަށް ޓަކައި ގުރުބާން ވާނެ" މޮސްޓާ ވިދާޅުވިއެވެ.

Hama yageenun aharen Namoonaa akah balanee ves adhi siyaasee legend eh kamah dhekenee ves Hama Kulhudhuffushi dhari eh....

Posted by Mohamed Nasheed Abdulla-Mostaa on Friday, September 25, 2020

ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނަކީ އުތުރުގެ މީހުން އަދި ހާއްސަކޮށް ކުޅުދުއްފުށީ މީހުން އިންތިހާއަށް އިހުތިރާމް ކުރެއްވި، އަދި އިތުބާރު ކުރެއްވި ވަރުގަދަ ސަހުސިއްޔަތެކެވެ. އެއީ މީގެ 77 އަހަރު ކުރިން  ބޮޑުތިލަދުންމަތީގެ ރައްޔިތުން ކުރި ބޮޑު އިހުތިޖާޖުގައި އިސްކޮށް ހުންނެވި ލީޑަރެވެ.

ސަރުކާރުގެ ހިންގުމުގެ ވެރިއަކަށް އޭރު ހުންނެވި، މުހައްމަދު އަމީން އޭނާގެ އަމިއްލަ ގަލަންކޮޅުން ލިޔުއްވާ ގޮތުގައި، ބޮޑު މުހައްމަދުގެ ކޮމާންޑަރުކަމުގައި ވެރިކަމާ ދެކޮޅަށް އަޑުއުފުލަން 552 ގަނޑެތި މާލެ ފަޅަށް ޖަމާވި އެވެ. އަމީން ދީދީ ހިސާބުޖެއްސެވި ގޮތުން ނަމަ، މާލެ ފަޅު ތެރެ ފުރާލި އުތުރުގެ އޮޑިފަހަރު ތަކުގައި 9،452 މީހުން ތިއްބެވެ. އުތުރުގެ ރައްޔިތުން އެ އަދަދު އެއަށް ވުރެ އިތުރުކޮށް، 15،000 އާ ހަމަޔަށް ގެންގޮސްގެން ވެސް ވާހަކަ ދައްކަ އެވެ. އޭރު ރާއްޖޭގެ އާބާދީއަކީ، 70،000 ކަމަށް ލަފާކޮށްގެން ހިސާބެއް ޖަހާ ނަމަ، ރާއްޖޭގެ މުޅި އާބާދީގެ 13 ޕަސެންޓް މީހުން އެވަނީ، ބޮޑު މުހައްމަދުގެ ފަހަތުގައި އޭނާއަށް ކިޔަމަންވެ ދިވެހި ދައުލަތާ ދެކޮޅަށް ނިކުމެ އެވެ.

 

 

 

  1. އައި

    ސާބަހޭ މޮސްޓާ..