ޚަބަރު

މައުލޫމާތު ނުދީ ހިފެހެއްޓުމަކީ އިދާރާތަކަށް އޮތް އިޚްތިޔާރެއް ނޫން: ރައީސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މައުލޫމާތު ނުދީ ހިފެހެއްޓުމަކީ އިދާރާތަކަށް އޮތް އިޚްތިޔާރެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދުވަހާ ގުޅިގެން ރައީސް ޞާލިޙު މިއަދު ދެއްވި ޚިޠާބުގައި ވިދާޅުވެފައި ވަނީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދިން އެންމެ މުހިންމު އެއް ހައްގަކީ މައުލޫމާތު ހޯދުމާއި މައުލޫމާތު ލިބިގަތުމުގެ ހައްގު ކަމުގައެވެ. އަދި މިއީ ރައްޔިތުންގެ ހަމައެކަނި އަސާސީ ހައްގެއް ނޫންކަން ފާހަގަކޮށް ރައީސް ވިދާޅުވެފައި ވަނީ، ދައުލަތެއް އެންމެ ފުރިހަމަ ގޮތުގައި ހިނގުމުގައި ވެސް މައުލޫމާތު ހޯދުމާއި މައުލޫމާތު އާންމު ކުރުމުގެ ހަރުދަނާ ނިޒާމެއް އޮންނަންޖެހޭ ކަމަށެވެ.

"މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު ކަށަވަރުވެގެން ދަނީ ގާނޫނުއަސާސީގެ 27، 28 އަދި 29 ވަނަ މާއްދާ އެކުގައި މާނަ ކުރުމުން. އެގޮތުން އެ ތިން މާއްދާއިން ކަށަވަރު ކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަން ކަމުގެ އިތުރުން މައުލޫމާތު ހޯދާ ލިބިގަތުމުގެ މިނިވަންކަމަކީ ދައުލަތުގެ އެންމެހާ އިދާރާތަކާއި ވެރިންނާއި މުވައްޒަފުން ޒިންމާދާރު ކުރުމަށް ރައްޔިތުންނަށް ލިބިދީފައިވާ ދުސްތޫރީ ހައްގުތަކުން ވަކި ނުކުރެވޭނޭ ތިން ބޮޅު. އެ މާއްދާތަކުން ބަޔާން ކުރަނީ ރައްޔިތުންނަށް ލިބިފައިވާ ހައްގުގެ ވާހަކަ އެކަންޏެއް ނޫން. އެއިން ކޮންމެ މާއްދާއެއްގެ ދެލިގަނޑުގައި ހައްގުތަކުގެ ވާހަކަ އޮތްއިރު އެއިން ކޮންމެ މާއްދާއެއްގެ ރޫހަކީ އެ ހައްގުތަކާ ގުޅިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުން" ރައީސް ޞާލިޙުގެ ޚިޠާބުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވެފައިވަނީ ހިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސް ނާޅާ އެކަމަށް މަގުފަހި ކޮށްދިނުމަކީ ދައުލަތުގެ އެންމެހާ މުވައްޒަފުންނާއި އިދާރާތަކުގެ ޒިންމާއެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!