ޚަބަރު

ކުށަށް އިއުތިރާފްވެ ތައުބާވުމުން ޝެއިހް ޒައިދުގެ ތައުރީފް އަދީބަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރެވުނު ކުށަށް އިއުތިރާފްވެ ތައުބާވުުމުން ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު އޭނާއަށް ތައުރީފް ކޮށްފިއެވެ.

Ads by STELCO

އެމްއެމްޕީއާރްސީގެ ފައިސާތަކަށް ޚިޔާނާތްތެރިވި ކަމަށާ އެކަމާ ތައުބާވެ އެންމެހާ ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވަނީ މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައެވެ.އަދި ޖަލުގައި މިހާތަނަން ހޭދަކޮށްފައިވާ ދުވަސްތަކާ އަދީބުގެ ޙާލަތު ހުރިގޮތުން ވެސް އަދީބު ވަނީ އެބޭފުޅާގެ އަދަބު އިތުރަށް ލުއި ކޮށްދިނުމަށް އެދިފައެވެ.

މިކަމާ ގުޅިގެން ޝެއިހް އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކުރެވުނު ކުށަށް އިއުތިރާފްވެ ތައުބާވެލެއްވުމަކީ ނުހަނު އުފާކުރާ ކަމެއްކަމުގައެވެ. އަދި އެކަމަށް ޒައިދު ވަނީ އަދީބުއަށް މަރުހަބާ ވެސް ދަންނަވާފައެވެ.

އަލީ ޒައިދު އިތުރަށް ފާހަގަކުރެއްވީ ރައްޔިތުންގެ އުއްމީދާއި ގުޅިފައި މިހާރު ވާނެ އެންމެ ބޮޑު ކަމަކީ ދައުލަތަށް ގެއްލިގެން ދިޔަ ފައިސާތައް އަނބުރާ ދައުލަތަށް ދެއްވުން ކަމުގައެވެ.

ހަމައެހެންމެ ޑރ. އިޔާޒް ވެސް ވަނީ ޝެއިހް ޒައިދުގެ މި ޓްވީޓަށް ރިޕްލައި ކުރައްވާ، އެއީ ހިތްވަރުގަދަ ނިންމުމެއް ކަމުގައި ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!