ޚަބަރު

ސްޓެލްކޯ އެޕް މެދުވެރިކޮށް ކަރަންޓު ބިލު ދެއްކުމުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 1،000 ރުފިޔާ ލިބުމުގެ ޕްރޮމޯޝަނެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މޮބައިލް އެޕް މެދުވެރިކޮށް ކަރަންޓު ބިލް ދެއްކުމުން 1،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.

Ads by STELCO

މިމަހުގެ ނިޔަލަށް ކުރިއަށްދާ މިޕްރޮމޯޝަންގައި 10 ނަސީބުވެރިއަކު ހޮވާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އެގޮތުން ހޮވޭ ކޮންމެ ނަސީބުވެރިއަކަށް ވެސް 1،000 ރުފިޔާ ލިބޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މިޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި އެންމެ ފަހުގެ ބިލު ނޫން ބިލުތައް ދައްކާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެއެވެ. ޕްރޮމޯޝަނުގެ ގުރުއަތުލުން އޮންނާނީ އަންނަ މަހުގެ ކުރީ ކޮޅުގައެވެ.

ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި އެކުންފުނީގެ މިޑްލް މެނޭޖުމަންޓުން މަތީގެ އެއްވެސް މުވައްޒަފަކަށް މިޕްރޮމޯޝަންގައި ބައިވެރި ނުވެވޭނެއެވެ.

ސްޓެލްކޯ މޯބައިލް އެޕްލިކޭޝަނަކީ ފަސޭހަކަމާ އެކު ބިލުތައް ދައްކައި، ބިލަށް އަރާ ވަރު އަމިއްލަ އަށް ހިސާބު ކޮށްލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެެޕްލިކޭޝަނެކެވެ. މިއެޕް، އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ. އަދި މިއެޕްލިކޭޝަން މެދުވެެރިކޮށް ފާއިތުވި ހަ މަސް ދުވަހު ކަރަންޓު ބޭނުން ކުރެވިފައި ހުރި ގޮތް ވެސް އެނގޭނެ އެވެ.

  1. މޫސަ

    ޙަމައެއް ލަމައެއް ނެތި މިދިޔަދަތި ދުވަސްތަކުގަ ރައްޔަތުން ފެލައިގެން ނަގައްގުން ނެހިބައިވަރު ތަކުން ދޭ އެއްޗެއްތަމީ . ލަދު ހަޔާއްކޮބާ