ދުނިޔެ

ބޯ ބުރިކޮށް ، މަރާލާފައި އޮތް ޒުވާން އަންހެން ކުއްޖަކު ފެނިއްޖެ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އުއްތަރަޕުރަދޭޝް،އިންޑިއާ: ބޯބުރިކޮށް މަރާލާފައި އޮތް 14 އަހަރުގެ އަންހެން ކުއްޖެއް އުއްތަރަ ޕްރަދޭޝްއިން މިދިޔަ ބުރާސްފަތި ދުވަހު ފެނިއްޖެއެވެ.

Ads by WAMCO

ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް ، އެކުއްޖާ ފެނުނީ އޭނާގެ ބޭބެއަށް ކަމަށާއި އޭރު ކުއްޖާގެ ބޯ ވަނީ ބުރިކޮށްލާފައި ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރު ކޮށްފައެވެ. އަދި އެ ތިން މީހުން ވެސް ވަނީ ކުށަށް އިޢުތިރާފް ވެފައި ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތައް ބުނެއެވެ. ފުލުހުން ބުނީ އެއް އާއިލާއެއްގެ އެ ތިން މީހުން އެ އެކުއްޖާ މަރާލީ އެކުއްޖާގެ އާއިލާއާ އެތިންމީހުންގެ އާއިލާއާ އޮންނަ ދުޝްމަންކަމެއްގެ ސަބަބުން ކަމަށެވެ. އަދި އެމީހުންނަށް އެ ކުއްޖާ ހުސް ސަރަހައްދެއްގައި އެކަނި ހުއްޓާ ފެނުމުން ގޮސް އެކުއްޖާއަށް ހަމަލާދީ މަރާލީ ކަމަށް ފުލުހުން ބުނެއެވެ.

އެ ކުއްޖާ މަރާލުމުގެ ކުރީން ރޭޕް ކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ އެކަން ޔަގީން ކުރެވޭނީ ޕޯސްޓްމޯޓަމް ރިޕޯޓް ލިބުމުން ކަމަށާއި އެ ރިޕޯޓަށް އިންތިޒާރު ކުރަމުންދާ ކަމަށެވެ.

Ads by Allied Insurance
  1. ޡަމީރާ

    ހަމަ އަޖައިބު ވާ ވަރު ވޭ ، ޚަބަރުގެ ހެޑްލައިން އޮތްގޮތުން ހީވީ މީ މިރާއްޖޭގެ ކަމެއްހެން

    • އެދުރުބޭ

      އަސްލުވެސް ބިރުން ކިރިޔާހަލާކުނުވީ

  2. ސުދާ

    މިއަށްވުރެ ސާފުވާގޮތަށް ލިޔުއްވުން އެދެން. ޚަބަރެއްގައި ބުނަން އުޅޭ ވާހަކައެއް ކިއުންތެރިޔާ އަމިއްލަޔަށް ލަފާކުރަން މިހާރުޖެހެނީ. ވަރަށް އުނދަގޫ.