މި ފޮޓޯއިން އާދަޔާ ޚިލާފު މަންޒަރެއް ފާހަގަ ވޭތަ ؟ އެނގިއްޖިއްޔާ ހީބިހި ނަގައިގެންދާނެ!

ބަލާ ބެލުމަށް މި ފޮޓޯގައި އެއްވެސް މައްސަލައެއް ފާހަގައެއް ނުކުރެވެއެވެ. އަދި އެއްވެސް އާދަޔާ ޚިލާފު މަންޒަރެއް ވެސް ފާހަގައެއް ނުކުރެވެއެވެ. އެހެން ނަމަވެސް މި ފޮޓޯއަށް ވަރަށް ސަމާލުކަން ދީގެން ބަލާލި މީހަކަށް މި ފޮޓޯގެ އާދަޔާ ޚިލާފު މަންޒަރު ފާހަގަ ވާނެކަން ގައިމެވެ.
އާދޭހެވެ. މިފޮޓޯއަކީ 1900 ވަނަ އަހަރު ނަގާފައިވާ އަންހެނުން ތަކެއްގެ ފޮޓޯއެކެވެ. ފޮޓޯއިން ވެސް ފެންނާނޭ ފަދައިން 13 އަންހެނުން އެތިބީ އެއްގޮތަކަށެވެ. އެންމެންނަކީ ވެސް އެއްތާކު މަސައްކަތް ކުރި ބައެކެވެ. އެންމެން ބަލަން ވެސް ތިބީ ކެމެރާއަށެވެ.
ފަސޭހަ ކޮށްލުމަށް ޓަކައި “ހިންޓެއް’’ ދީފާނަމެވެ. އެންމެ ތިރީ ބަރީގައި ތިބި އަންހެނުންނަށް ވަރަށް ސަމާލުކަމާއެކު ބަލާލަ ބަލާށެވެ. އާދަޔާ ޚިލާފު މަންޒަރު ފާހަގަ ކުރެވިދާނެއެވެ. މިވަރުން ނޭނގުނު ނަމަ އެ އާދަޔާ ޚިލާފު މަންޒަރަކީ ކޮބައިކަން ބުނެދީފާނަމެވެ.
ފޮޓޯގެ އެންމެ ތިރީގައި އެވާ އަންހެނުންގެ ތެރެއިން ތިމާގެ އެންމެ ކަނާތަށް ވީ މީހާ އަށް ބަލާލާށެވެ. މިހާރު ފާހަގަ ވެެއްޖެ ހެއްޔެވެ؟ އެމީހާގެ ކޮނޑުގައި އެއިނީ ކޮންމެސް މީހެއްގެ އަތެކެވެ. އެހެންނަމަވެސް އެ އަތް އައިސް އެވަނީ ކޮން ތާކުން ކަމެއް އެނގޭހެއްޔެވެ؟

1900 ގެ ޒަމާނުގައި ނަގާފައިވާ ފޮޓޯއެއްކަމުން މާބޮޑު ބަދަލުތަކެއް އެޒަމާނަކު ނުގެނެވޭނެއެވެ. އެހެނީ “ފޮޓޯޝޮޕް” އަކީ އެޒަމާނުގައި ވުޖޫދަށް ވެސް ނާންނަ އެއްޗެކެވެ. ވީއިރު ބޮޑު ސުވާލަކީ އެއީ ކާކުގެ އަދި ކިހިނެއް އައިސް އޮތް އަތެއް ހެެއްޔެވެ؟ އާދޭހެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ މިއީ އެވެ. އާދަޔާ ޚިލާފު މަންޒަރަކީ ވެސް މިއީ އެވެ.
15ފަހަރަށް ގުނައިގެންވެސްހަމަވީ 13 އަންހެނުން. މިވެސް އަޖައިބެންނު
ބުނެފ އިނ 13މީހުންނެ
ތި ފޮޓޯގެ ތިރީގެ އެއްމެ ވާތް ފަރާތުގަ އިން މީހާ އިނި އުނަގަނޑުގައި އަތް ވިއްދައިގެން މި ތާކުންތާކުު ނުޖެހޭ ވާހަކަ ލިޔުނު މީހާއަށް އެވަރުވެސް ނޭންގުނު ދޯ
ތިހިރީ ރަގަޅަށް ބެލިފަ.
ދެރަކަމެއްނު… ކޮންތާކުން އާއި އަތެއްހޭ؟ އެވަރަށްކީ އަތްއައި ތަނެއް ބަލަން.. ނޭނގުނު އެޔެއް. �
ވާތް ފަޅި ތިރީ ކަނުގަ ހުރި މީހާގެ އަތް ބަހައްޓައިން ހުރި ގޮތްވެސް ތަފާތު
ޢެއެމީހާ ހުރީ އޭނާގެ ފުރަގަހަށް ވަދެ ފިލާ. ސޯވަޓް؟
މަތީގައި ކަނާތްފަރާތުގައި ހުރި ހުދުހެނދުންލާގެން ހުރިކުއްޖާގެ އިސްތަށިގަނޑު ކާރީ ފެންނަންވެސް އޭނީ ތިބުނާ ކަހަލަ އަތެއް..
ފޮޓޯގެ ކަނާތްފަރާތު ބިއްލޫރިގަނޑުން ފެންނަ މަންޒަރު މާ ހައިރާންވޭ.
ދެން ފަހެ ފޮޓޯޝޮޕް ނުކުރެވެނީ އެޒަމާނުގައެވެ. ޢެހެނަސް އެޒަމާނުގެ ފޮޓޯއެއް މިޒަމާނުގައި ފޮޓޯޝޮޕް ނުކިރެވޭނޯހެއްޔެވެ.
އެގްރީ
ޕޮޓޯ ނެގި އިރު ޕޮޓޯ ޝޮޕް ވުޖޫދަށް ނައެއްކަމަކު މި ޚަބަރު ތިބާ ތި ޝާއިރު ކުރި އިރު ދުނިޔެ ވަނީ ޕޮޓޯ އެޑިޓް ކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެއްނުން.