ގޭ ތެރެއިން ފެނުނީ ކަޅު ތިކިތަކެއް،ބިރުގަތީ ހަގީގަތް އެނގުނު ހިސާބުން!
އިނގިރޭސި ވިލާތުގައި ދިރިއުޅެމުން އައި އަންހެނަކަށް، އޭނަ ދިރިއުޅޭ ގެއިން ކަޅު ކުލައިގެ ތިކި ތަކެއް ފެންނަމުން ދާތާ ދުވަސް ކޮޅެއް ވެއްޖެއެވެ. މިކަމާ ހާސްވާ ވަރުވީ ކޮމްޕިއުޓަރު މަތިންނާއި ފާރުތަކުގެ އިތުރުން ލާ އަންނައުނުގައި ވެސް އެ ކަޅު ކުލައިގެ ތިކިތައް ފެންނަން ފެށުމުންނެވެ.
ފޭސްބުކުގައި މި ފޮޓޯތައް ހިއްސާ ކުރަމުން އޭނާ ވަނީ އެހެން މީހުންގެ އެހީތެރިކަމަށް އެދިފައެވެ. ތަށިމުށީގައި ވެސް މިތިކިތައް ހުރިކަމަށާއި، މިއަދު ހެނދުނު ހޭލި ވަގުތު ފެނުނީ ކޮމްޕިއުޓަރު މަތީގައި ވެސް އެ ތިކިތައް ހުރި މަންޒަރު ކަމަށް އޭނާ ވަނީ ބުނެފައެވެ.
ފޭސްބުކުގައި އާންމު ކުރެވުނު ފޮޓޯއަށް ޖަވާބު ދެމުން އޭނާގެ އާއިލާގެ ބައެއް މެމްބަރުން ބުނެފައި ވަނީ އެއީ މަކުނުގެ ނަޖިސް ކަމަށެވެ. އަދި އެއްވެސް މަސައްކަތަކާއި ނުލާ ސާފު ވެގެންދާނެ ކަމަށް ވެސް އެމީހުން ބުނެފައި ވެއެވެ.
މި ފޮޓޯ ތަކަށް ޖަވާބުދާރީވަމުން އެމެރިކާގެ ކަމާއި ބެހޭ ފަރާތުން ވެސް ވަނީ އެ ތިކިތައް ގާތުން ބަލާ “ޗެކު” ކުރުމަށް އޭނާ ގާތުގައި ބުނެފައެވެ. އާންމުކޮށް މަކުނުގެ ނަޖިސް ހުންނާނީ ކަޅު ނުވަތަ އަޅި ޒާތަކަށް ދާ ކުލައެއްގައި ކަމަށް ވެސް އޭނާ ގާތުގައި ބުނެފައި ވެއެވެ.
ހަގީގަތުގައިވެސް އެއީ މަކުނުގެ ނަޖިހެވެ. އާދަޔާ ޚިލާފަށް އެ ގެއިން މަކުނުގެ ނަޖިސް ފެނިގެން ދިއުމަކީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމެކެވެ. އަދި މިފަދަ ކަމަކީ އާންމުކޮށް އިންސާނުން ނޫޅޭ ތަންތަނުގައި ވާ ކަމެއް ކަމަށާއި، މި ކަޅު ތިކިތައް ފިލުވުމުގައި ކުޑަ ލައްފިލުވާ ކޮޅެއް އެއްކޮށްގެން ދޮވެލުމަށް ކަމާ ބެހޭ ފަރާތްތަކުން އޭނާ ގާތުގައި ވަނީ ބުނެފައެވެ. އަދި މި ތިކިތައް ފެނުނު ގެ މިހާރު ބަލަމުން ދާ ކަމަށް ވެސް ޚަބަރުތައް ލިބެއެވެ.
މިވެސް ހަބަރެއްތަ
މި ދެން ޚަބަރެއްތަ…
މިވެސްް ޙަބަރުތަަ؟ ސަހަރޯހީވޭޭ ނޫސަވެރިކަމޯ!
އާ މިވެސް ވާނީ ހަބަރަކަށް.
އޭނަ ބިރުގަތް ހިސާބު ކޮބާ
މި އަންނަ ހަފްތާގައި އެބައި ގެނެސްދޭނެ. އިންތިރާރުކޮއްލައްވާ!