ޚަބަރު

އަލްހާނާއި ފެންފައިވަނެއްގެ ތެރެއިން މީސް މީޑިއާގައި ބޮޑަށް މަގުބޫލުކަން ލިބުނީ ފެންފައިވާނަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މާލެ ސިޓީ މޭޔަރު ކަމަށް ވާދަ ކުރެއްވުމަށް ނިންމާފައިވާ އަލްހާން ފަހުމީ އާއި، ފެންފައިވަނެއްގެ ތެރެއިން މީސް މީޑިއާގައި އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ފެންފައިވާނަށް ލިބިއްޖެއެވެ.

ފޭސްބުކްގައި ހިންގާ ޕޭޖެއް ކަމަށްވާ "ދަ ލޮޖިކަލް މޯލްޑިވިއަން" ގައި ޕޯލްއެއް ހަދާފައިވަނީ އަލްހާން އަށް ތާއީދު ކުރާ މީހުން "ހާހާ" ރިއެކްޓް ކުރުމަށާއި ފެންފައިވާނަށް ތާއީދުކުރާ މީހުން "ލައިކް" ރިއެކްޓު ކުރުމަށެވެ.

އެގޮތުން އެޕޯސްޓަށް ހަތަރު ގަޑިއިރު ވެފައިވާއިރު މިރޭ 10:50 އާއި ހަމައަށް 2،500 އަށްވުރެ ގިނަ މީހުން އެޕޯސްޓަށް ރިއެކްޓު ކޮށްފައިވެއެވެ. ނަމަވެސް އެއެންމެން ވެސް ކޮށްފައިވަނީ "ލައިކް" ރިއެކްޓެވެ.

މާނައަކީ އެއެންމެންވެސް ތާއީދު ކޮށްފައިވަނީ ފެންފައިވަނަށެވެ. މީސްމީޑިއާގައި އަލްހާނަށް އެޕޯސްޓުން އެއްވެސް ތަރުހީބެއް ލިބިފައެއް ނުވެއެވެ.

ދާދިފަހުން އަލްހާން ވަނީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިހާރު ގިނަ ބަޔަކަށް ދީނީ ހެޔޮ ނަސޭޙަތްދެއްވާ ޢަލީ ރަމީޒަށް ވަރަށް ހުތުރުކޮށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އަލްހާން ވިދާޅުވެފައިވަނީ ޢަލީ ރަމީޒް އަލުން ދާންވީ ޢިޝްޤީ ލަވަކިޔަން ކަމަށާއި ބޮލުގައި ބިދުޢަވެރި ފަގުޑިއެއް އަޅައިގެން އޮޅުވާ ނުލުމަށެވެ.

އަލްހާންގެ އެ ޢަމަލުގެ ސަބަބުން ގިނަ މީހުންގެ ފަރާތުން ވަނީ ވަރަށް ބޮޑަަށް ފާޑުކިޔުން އަމާޒުވެ، އޭނާއަަށް ނުރުހުން ފާޅު ކޮށްފައެވެ.

  1. ޝިމް ޝިމް

    އަލްހާން ތިކުރި ކަމެއްގެ ސަބަބުން އަހަރެން އަލްހާނުއަށް ކުރި ތާއިދު އަނބުރާ ގެންދަން ނިންމާފިން އަލްހާން ކަލޭ ތިކުޅުނީ އަަލީ ރަމީޒް އާ އެހެންވެ ކަލެއަށް މަށާ މަގޭ އާއިލާ އެންމެން މިހާރު ކައެ ދެކެ ފޫހި ވެެއްޖެ.

  2. ކައިޒީނ ޖަހާންގީރު

    މޮޅު ލިއުމެއް

  3. އިޔާޒު ސޯލިހު

    އަލްހާނުގެ ރަނިންމޭޓަކަށް އައްޔަ ލައިގެން އުޅޭނަމަ ވޯޓުދިނީމުސް،

  4. މުހައްމަދު

    ފެން ފައިވާނަކާ އަލްހާާނާ އަޅާާ ނުވެސް ކިޔޭނެ

  5. ސަންތި

    އަލްހާނަކީީ ހަމަަ ސީދާާ ޖޭޭ ބޮތްކެއްް އިނގޭތޯޯ. އައްޔަަ އެއްް މީނައޭޭ ކިޔައިގެންް ބަހެއްް ބުނީކީވެސްް ނޫނޭޭ. ހަމަަ ބިރުންވިރެނީ. އަޖައިބުންް އަންތަރީސްވޭޭ އަލްހާނަކާީ ހެދިި. ފޫއްސެކޭޭ އަހަރެންް ވަނީީ ކަލާާ އުޅޭޭ ފާޑަކުންް އަލްހާނޫޫ.