ދުނިޔެ

ލައިބްރަރީއަކުން ގެންދިޔަ ފޮތެއް އަނބުރާ ހަވާލު ކުރީ 60 އަހަރު ފަހުން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިނގިރޭސި ވިލާތުގެ ލައިބްރަރީ އަކުން ގެންދިޔަ ފޮތެއް އޭގެ 60 އަހަރު ފަހުން އަނބުރާ ހަވާލުކޮށްފައިވާ ކަމަށް އެ ލައިބްރަރީ އިން ބުނެފިއެވެ. އެ ލައިބްރަރީގެ މުވައްޒަފުން މައުލޫމާތު ދޭ ގޮތުގައި އެ ފޮތަކީ "ޕޮއެޓްރީ" ފޮތެކެވެ.

Ads by Sosun Fihaara

މިޑިލްސް ބުރުފް ލައިބްރަރީއިން ބުނާ ގޮތުގައި، ގިއޮފްރޭ ފެބަރ ނަމަކަށް ކިޔާ މީހަކު ނަގާފައިވާ އެފޮތް އެ ލައިބްރަރީގެ ފެސިލިޓީ ބޮކްސް އަށް އަނބުރާ ހަވާލު ކޮށްފައިވެއެވެ. މިފޮތް ނަގާފައިވަނީ 1960 ވަނަ އަހަރު ކަމަށް ވާއިރު، މިފޮތް ހަވާލު ކުރުމުގެ ސުންގަޑިއަކީ 1962 ވަނަ އަހަރުގެ ޑިސެމްބަރު މަހެވެ. އެހެން ނަމަވެސް މި ފޮތް ހަވާލު މިކުރީ އޭގެ 58 އަހަރު ފަހުންނެވެ.

މި ފޮތް އަނބުރާ ހަވާލުކުރީ ކާކު ކަމެއް ލައިބްރަރީގެ މުވައްޒަފުންނަކަށް ވެސް ނޭނގެއެވެ. އެހެން ނަމަވެސް އެތަނުގެ މުވައްޒަފުން ވަނީ އެމީހަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ފަހުގެ ޖީލުތަކަށް މިފޮތަކީ މުހިއްމު ފޮތަކަށް ވާނެ ކަމަށާއި މި ފޮތް އަނެއްކާވެސް ލައިބްރަރީއަށް ޒިޔާރަތް ކުރާ މީހުން ކިއުމަށް ބެހެއްޓޭނެ ކަމަށްވެސް ލައިބްރޭރިއަން ޑޭވިޑް ހަރިންގްޓަން ވިދާޅުވެއެވެ.

މިފޮތަށް 650 ޑޮލަރަށްވުރެ މަތީ އަދަދަކަށް ޖޫރިމަނާ އަރާފައިވާ ކަމަށާއި ނަމަވެސް ކޮވިޑް-19ގެ ސަބަބުން އެ ޖޫރިމަނާ މަޢާފު ވާނެ ކަމަށްވެސް އެ ލައިބްރަރީ އިން މައުލޫމާތު ދެއެެވެ.

ލައިބްރަރީތަކުން ފޮތް ނަގާފައި، ގިނަ ދުވަސްތަކެއް ވަންދެން ހަވާލު ނުކޮށް މަޑުކުރުމަކީ ގިނަ ބަޔަކު ކުރާ ކަމެކެވެ. ނަމަވެސް އެއީ ރަނގަޅު އާދައެއް ނޫންކަން ޔަގީނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!