ޚަބަރު

ޕީޕީއެމްގެ "ލޯޔަލްޓީ ކާޑު" އިފްތިތާހް ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ "ލޯޔަލްޓީ ކާޑު" އިފްތިތާޙު ކޮށްފިއެވެ.

Ads by STELCO

"ލޯޔަލްޓީ ކާޑު" އިފްތިތާހު ކޮށްދެއްވާފައި ވަނީ އެކަމަށްޓަކައި ހ.ދިމްޔާތުގެ 7 ވަނަ ފަންގިފިލާގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕީއެންސީ ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އެވެ.

ޕީޕީއެމް އިން ލޯޔަލްޓީ ކާޑު ވިއްކަން ނިންމާފައިވަނީ ހަތަރު ކެޓަގަރީ އަކަށެވެ. އެއީ ގޯލްޑް، ސިލްވަރ، މެޖެންޓާ އަދި ޕްލެޓިނަމް ކެޓަގަރީއެވެ.

މިކާޑުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޕީޕީއެމުން މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މި ކާޑުތައް ބައްލަވައިގަންނަ ހުރިހާ ފަރާތްތަކަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

ލޯޔަލްޓީ ކާޑެއް ވިއްކުމުގެ މަޤްސަދަކީ ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުން ކަމުގައި ވެސް އަދުރޭ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މިއަދު މިކާޑު އިފްތިތާހް ކުރީ މިއަދަކީ ވަރަށް ޚާއްސަ ދުވަހަކަށް ވާތީ ކަމަށެވެ. އެގޮތުން މިއަދަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަށް ޕީޕީއެމް ލިބިލެއްވިތާ ހަތަރު އަހަރު ފުރުނު ދުވަސް ކަމުގައި ވެސް އަދުރޭ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!