ކުޅިވަރު

ރޮނާލްޑޯ އަނެއްކާ ވެސް ކޮވިޑް-19 އަށް ފައްސި ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާ ވެސް ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

ޕޯޗުގީޒްގެ ފުޓްބޯޅަ ތަރި ރޮނާލްޑޯ ކޮވިޑަށް ފައްސި ވެފައި ވަނީ މިދިޔަ ހަފްތާގައި، ފްރާންސާއި އެކު ކުޅުނު ފޯރިގަދަ ފުޓުބޯޅަ މެޗަށްފަހު، އޭގެ ދުވަސްކޮޅެއް ފަހުންނެވެ.

ކޮވިޑަށް ފައްސި ވުމުގެ ސަބަބުން ރޮނާލްޑޯ ވަނީ "ލަ ލީގާ" އިން އޭނާ ފެންނާނެ ކަމުގެ ފުރުސަތު ކުޑަވެ، ކަރަންޓީނު ވާން މަޖުބޫރު ވެފައެވެ.

ސްޕެއިންގެ ނޫސް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ކަރަންޓީނުގެ މުއްދަތަށް ފަހު، ރޮނާލްޑޯ ކޮވިޑަށް ޓެސްޓު ކުރިއިރު އަދި ވެސް އޭނާގެ ނަތީޖާ ދައްކަނީ ކޮވިޑަށް ފައްސިވެފައި ހުރި ކަމަށެވެ. އެހެންކަމުން ފުޓްބޯޅައިގެ ދުނިޔޭގައި އޭނާއާއި އެންމެ ވާދަ ކުރާ ލަޔަނެލް މެސީ އާއެކު ރީޔޫނިއަނެއްގައި ބައްދަލުކުރުން ވެސް މިވަނީ ކެންސަލް ބަލީގެ ސަބަބުން ކެންސަލް ވެފައެވެ.

ނަމަވެސް ސްޕެއިންގެ ނޫހެއް ކަމަށްވާ "ކޮރެއިއޯ ޑަ މަންހާ" އިން ޝާއިޢު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ރޮނާލްޑޯ އަދިވެސް ކޮވިޑަށް ފައްސި ކަމުގައި ދެއްކިޔަސް އޭނާގެ ގައިގާ ކޮވިޑް ގެ އަލާމާތްތައް ހުރީ ކުޑަ މިންވަރަކަަށް ކަމަށެވެ.

އެހެންކަމުން މިމަހުގެ 28 ވަނަ ދުވަހު އޮންނަ މެޗުގެ 48 ގަޑިއިރު ކުރިން ރޮނާލްޑޯ ކޮވިޑަށް އަނެއްކާ ވެސް ޓެސްޓު ކުރުމަށް ޔޫއެފާ ގައި އެދުމަށް ޖުވެންޓަސް އިން ދަނީ ތައްޔާރު ވަމުންނެވެ. ރޮނާލްޑޯ އަށް އެމެޗުގައި ކުޅެވޭތޯ ނުވަތަ ނޫންތޯ ނިންމާނީ ޔުއެފާއިން ކަމަށް ވެސް ޖުވެންޓަސް އިން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!