ޚަބަރު

ޑޮކްޓަރުންނާއި ދިމާލަށް އެބޭފުޅުން ކަންތައް ކުރައްވަނީ ގޯސްކޮށް ކަމަށް އެބަ ވިދާޅުވޭ - މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން މަސައްކަތް ކުރައްވާ ޑޮކްޓަރުންގެ ޒާތާއި ބެހޭ އެބޭފުޅުން ކަންތައ ކުރައްވަނީ ގޯސްކަމުގައި ވިދާޅުވާތީ ވަރަށް އުނދަގޫ ވާ ކަމުގައި މަބްރޫކް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ޑޮކްޓަރުންނާއި ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަދެކެވެމުން ދާތީ އެކަމާއި އުނދަގޫ ވާ ކަމަށާއި އެއީ ޓޮލެރޭޓް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މި ދެދުވަހަކު އަޅުގަނޑަށް ހަމަ އުނދަގޫވާ ކަމެއްގެ ގޮތުގައި ފެނޭ ޑޮކްޓަރުންނާ ސީދާ ދިމާލަށް، އެބޭފުޅުން އެކުރަނީ ރަނގަޅަކަށް ނޫނޭ، އަދި އެ ބޭފުޅުންގެ ޒާތާ ބެހި އެކި ތަންތަނުގައި ވާހަކަ ދެކެވެމުންދާތީ،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ސަރުކާރުން ކުރާ ކަންތަކުގައި ހަމަ އުނދަގޫ ވާ ކަންތައްތަކުގެ ވާހަކަ ދައްކަންވީ ކަމަށާއި ގޮތްވެސް ކިޔަންވީ ކަމަށެވެ. އަދި ކަމާބެހޭ ފަރާތަތަކުގެ އަތުން ނައްޓައިގެންދާ ކަންތައްތައްވެސް ފާހަގަ ކުރައްވަންވީ ކަމުގައި މަބްރޫކް ވިދާޅުވެފައިވެއެވެ.

ނަމަވެސް ބުރަ މަސައްކަތް ކުރަމުންދާ ޑޮކްޓަރުންގެ އަގު ވަޒަން ނުކޮށް އަދި ކުރަމުންދާ މަސައްކަތުގެ ހިތްވަރުގެއްލޭ ގޮތަށް ކުރަމުންދާ ކަންކަން ހުއްޓާލަން ޖެހޭ ކަމަށް މަބްރޫކް ވަނީ ގޮވާލައްވާފައެވެ.

ޑޮކްޓަރުންނަކީ ހުއްޓުމެއް ނެތި ރެއާއި ދުވާލު ހުއްޓުމެއް ނެތި މަސައްކަތް ކުރާ ބޭފުޅުން ކަމަށާއި އެހެން މަސައްކަތް ކުރާއިރު ބައެއް މީހުން ބޭނުންވާ އަވަސްމިނުގައި ކަންތަތައް ނުވެދާނެކަން މަބްރޫކް ވަނީ ފާހަގަ ކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 86 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 41 ދިވެހިންނާއި، 45 ބިދޭސީންނެވެ. އަދި 16 މީހަކުވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!