ދަތުރު ދިޔަ ބަޔަކު ހާލުގައި ޖެހިއްޖެ، ގިނައީ އަންހެނުން
ބ. މުތާފުއްޓަށް ދަތުރުދިޔަ ބަޔަކު ހާލުގައި ޖެހިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ހާލުގައި ޖެހުނު މީހުންގެ ތެރޭގައި 11 މީހުން ތިބިއިރު، އޭގެތެރޭގައި ހަ ކުޑަކުދިންނާއި ފަސް އަންހެނުން ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު މެންދުރު 2:15 ގައެވެ.
މި ހާދިސާ ހިނގި އިރު ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް މިއަދު ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފައެވެ.
Ads by Allied Insurance