Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ވިލާތުން ޕީއެޗްޑީ ނަންގަވާފައި، ރައީސް ޔާމީން އެންޑޯޒް ކުރެއްވީމަ ދެން ނުޖެހޭ ޗުކްޗުކް ލައްވާކަށް: ޑރ. ޝަހީމް

ވިލާތުން ޕީއެޗްޑީ ނަންގަވާފައި، ރައީސް ޔާމީން އެންޑޯޒް ކުރެއްވީމަ ދެން ނުޖެހޭ ޗުކްޗުކް ލައްވާކަށް: ޑރ. ޝަހީމް
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ޑރ. މުޙައްމަދު މުއިއްޒުގެ ކެންޕެއިން ދަތުރުގައި ރޭ ފުވައްމުލަކުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ އިސްލާމިކް މިނިސްޓްރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވީ މުއިއްޒު އަކީ ތަޢުލީމީ ބޭފުޅެއްކަމަށާއި އެމަނިކުފާނުގެ ޤާބިލްކަމަށް ޝައްކުނުކުރައްވާކަމަށެވެ. އަދި ރައީސް ޔާމިން މިނިވަންކޮށްދެވޭނީ ހަމައެކަނި މުއިއްޒުއަށް ކަމަށް ވިދާޅުވެފައެވެ. "ވިލާތުން ޕީއެޗްޑީ ނަންގަވާފައި، ރައީސް ޔާމީން އެންޑޯޒް ކުރެއްވީމަ ދެން ނުޖެހޭ ޗުކްޗުކް ލައްވާކަށް" ޝަޙީމް ވިދާޅުވިއެވެ. މުއިއްޒުގެ މެނިފެސްޓޯގައި ހުރި ބައެއް ކަންތައްތަކަށް އަލިއަޅުއްވައި ޝަޙީމް ވިދާޅުވީ 1،000 ފަގީރުން ޙައްޖައް ގެންދިއުމާއި، ޤައުމު ތަރައްޤީކޮށް ޒުވާނުންނަށް ފުރުޞަތު ތަނަވަސްކޮށްދިނުމަކީ ކޮންމެ ކޮންމެ މީހަކަށް ވާނެކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޙައްޖު ކޯޕަރޭޝަން ރަނގަޅު ގޮތުގައި ތަރައްޤީކުރެވިއްޖެނަމަ، ދިވެހިންނަށް 30،000 ރުފިޔާއިން ޙައްޖައް ދެވޭނެކަމަށް ޝަހީމް ވިދާޅުވިއެވެ. މިއަހަރު ޙައްޖައް ގެންދަން އިސްލާމިކް މިނިސްޓްރީއިން ހުއްދަ ދީފައިވަނީ ބޮލަކަށް އެންމެ ގިނަވެގެން 76،000 އަށް ވުރެ ބޮޑު ނުވާ އަދަދަކަށެވެ. ނަމަވެސް ބައެއް ޖަމާޢަތްތަކުން ވަނީ ފަހު ވަގުތު 100،000-150،000 އާދެމެދުގެ އަގުތަކެއް ނަގާފައެވެ. ކުރީގެ ރައީސް ޔާމިންގެ ދައުރުގައި ޙައްޖު ކޯޕަރޭޝަން ތަރައްޤީކުރުމަށް ގެންގުޅުއްވި ބައެއް ސިޔާސަތުތައް ކިޔައިދެއްވަމުން ޝަޙީމް ވިދާޅުވީ އޭރު ކަނޑައަޅާފައިވާ ގޮތަށް ކުރިއަށް ގެންދިޔަނަމަ، މައްކާގައި ދިވެހިން ތިބުމަށް ހޮޓަލެއް ޤާއިމުކުރެވޭނެކަމަށެވެ.

"ހައްޖު ކޯޕަރޭޝަން ރަނގަޅު ގޮތުގައި ތަރައްޤީ ކުރެވިއްޖެ ނަމަ ރާއްޖޭގެ ރައްޔިތުންނަށް 30,000 ރުފިޔާއިން ޙައްޖައް ދެވޭނެ މަގު ތަނަވެސް ވެގެން ދާނެ" ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަޙީމް ވިދާޅުވީ ޒަކާތު ހައުސްއެއް ޤާއިމުކޮށް ދައުލަތުގެ ބެލުމުގެ ދަށުން ޒަކާތުން ބައެއް އިންވެސްޓުކުރެވިއްޖެނަމަ ކޮންމެ އަހަރަކު ފަގީރުންނަށް ދޭ 3،000 ރުފިޔާ އަށްވުރެ ބޮޑު އަދަދެއް ދެވޭނެކަމަށެވެ. "ގެއެއް ނެތް ފަގީރު މީހާއަށް ލިބިގެން ދާނެ ގެއެއް. ލޯނުގައި ޖެހޭކަށް ނުޖެހޭނެ" ޝަހީމް ވިދާޅުވިއެވެ. ޝަޙީމް މުއިއްޒުއަށް ތަޢުރީފްކުރައްވަމުން ވިދާޅުވީ މުއިއްޒުއަކީ ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެއް ކަމަށާއި އެބޭފުޅާއަށް ތާއީދުކޮށް އިންތިޚާބަށް ކެންޕެއިންކުރުމުގެ މަސައްކަތް ފެށީ އެއީ އެހެން ކެނޑިޑޭޓުންނާ އަޅާބަލާއިރު އެންމެ ރަނގަޅު ތަޢުލީމީ ޒުވާނާއަށްވުމުން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް