ޚަބަރު

ޒީރޯ ޓޮލަރެންސް އަކީ ރައްޔިތުން ލޮލުގައި މިސަރުކާރުން އަޅުވާ އަނދުނެއް: ޝިޔާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޒީރޯ ޓޮލަރެންސް އަކީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ވައުދުތައް ފުއްދުނު މިންވަރާ މެދު ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މި ވެރިކަމުގައި ކޮރަޕްޝަން ނައްތާލަން އިޚުލާސްތެރި މަސައްކަތްތަކެއް ނުކުރާ ކަމަށެވެ.

‎އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ވެސް ސަރުކާރުން އަމަލު ކުރަނީ ރަނގަޅަށް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރާ ނަމަ އެ މައްސަލައިގައި ދައުވާ ކުރެވޭނެ އެތައް ބަޔަކު ތިބޭނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި ކުރަނީ ސިޔާސީ ގޮތުން ވަކި ބަޔަކަށް އަމާޒުކޮށްގެން ކުރާ މަސައްކަތްތަކެއް ކަމަށެވެ.

‎" ދެ އަހަރު ވީ އިރު ވަރަށް ޓާގެޓެޑް މަސައްކަތްތަކެއް މި ކުރެވުނީ. ވަކި ބަޔަކަށް އަމާޒުކޮށް މި މަސައްކަތް ކުރަނީ. އޭސީސީ އަށް ވެސް އެބަ ހުރި ސަރުކާރުގެ އިސް ފަރާތްތަކުގެ ވެސް ކޮރަޕްޝަންގެ މަައްސަލަތައް ހުށަހަޅާފައި. ކުރިއަކަށް ނުދެއެއް ނޫންތޯ. ލަދުގަންނަން ޖެހެއެއް ނޫންތޯ ކޮރަޕްޝަނޭ ކިޔަން ވެސް މި ކޮވިޑް ހާލަތުގައި ވެންޓިލޭޓަރުން ވަައްކަން ކޮށްގެން ތިބީ،" ޝިޔާމް ވިދާޅުވިއެވެ.

އަދި ސަރުކާރުން މި މައްސަލަތައް ކުރިޔަށް ނުދާތީ އެކަމާ ލަދުގަންނަން ޖެހޭ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

Ads by HDC
  1. ރައްޔިތު މީހާ

    ޝިޔާމޫ ދެން ލަލަލާ، ހަޖަމް ޕްލީޒް ހަޖަމް ބްރޯ