ޚަބަރު

ކަރަންޓީނު ނުވާ ގޮތަށް ރަށަށް ދެވޭނެ ހާލަތެއް އަންނާނީ ފަރުދީ ޒިންމާ އުފުލައިގެން: ޑރ. ނަޒްލާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 ފެތުރެމުން ދިޔުމާއި ގުޅިގެން، މާލެއިން އެހެން ރަށަކަށް ގޮސްފިނަމަ 14 ދުވަސް ކަރަންޓީނުގެ މުއްދަތުގައި ހޭދަ ކުރަންޖެހުމާމެދު ގުނަ ބަޔަކު އަންނަނީ ޝަކުވާ އުފުލަމުންނެވެ.

Ads by MWSC

މިހާރުވެސް ގިނަ ލުއިތަކެއް ދީފައިވީ ނަމަވެސް، ކަރަންޓީނު ނުވެ މިނިވަންކަމާއެކު ރަށްރަށަށް ގޮސް އުޅެވޭނޭ އިންތިޒާމެއް ނެތުން، ގިނަ މީހުން ސިފަ ކުރަނީ ދެވޭ ވޭނެއްގެ ގޮތުގައެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، ކަރަންޓީނު ގޮތަށް ރަށްރަށަށް ދެވޭނެ ހާލަތެއް އަންނާނީ ފަރުދީ ޒިންމާ އުފުލައިގެން ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބައެއް ފަރާތްތަކުން އަދިވެސް ރޯގާގެ ޢަލާމާތަކާއެކު ވެސް އޮފީހަށް ނުކުންނަ ކަމަށާއި ފްލޫ ކުލިނިކަށް ނުގޮސް ތިބޭކަން ފާހަގަކުރެވޭ ކަމަށާއި މިއީ ނުރައްކާތެރިކަން އޮތްކަމެއް ކަމަށެވެ.

"ބައެއް ފަރާތްތަކުން އަދިވެސް އެބަ ބުނޭ ކޮންޓެކްޓް ޓްރޭސިންގަ ހަނދާނެއް ނެތޭ ދިމާވި މީހުން ނުވަތަ ދިމާ ނުވެއޭ. ގޭގައި އެތައް ބަޔަކު އުޅޭއިރު އަދި އޮފީހަށް ނުކުންނައިރު އެންމެ ދެތިން މީހުންނާ ދިމާވުން އެއީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން." ޑރ ނަޒްލާ ވިދާޅުވިއެވެ.

Ads by Ooredoo
  1. ޏަމްޏަމް

    މާލެއިންް ޓެސްޓުކޮށްފަަ ފޮނުވަބަލަަ ކަރަންޓީނުގެެ މުއްދަތުު ކުޑަކޮޮށްލަބަލަަ ރަށްރަށުންް ވެސްް ޓެސްޓުު ހެދޭޭ އެބަަ.

  2. ރަދީފް ހުސެން

    ފަރުދީ ޒިންމާ ނެގިތަންތޯ ހޯރަފުށި އެއަރޕޯޓް ހުޅުވިދުވަހު އެފެނުނީ. ވަކި ބަޔަކައް ކުރެ؟؟؟

  3. ލޮޅް

    ދެންެެއިން ދިރާސާއެއްކޮށްލަބަލަ ސަރުކާރުގެ ކިތައް އޮފީހުންތޯ ރޯގާ ހުރީމަ އެކްސްކިއުޒްދެނީ ޗުއްޓީ ނަގަން ނުޖެހި! ޚާއްސަކޮށް މީރާ، އޭސީސީ، މަޖިލިސްފަދަ ތަންތަން

  4. ޏަޒޖސއޤ

    ކަލޭ އިނދެބަލަ ކަރަންޓީނާ. ކިހާ ބޮޑު ކަމެއް. ރައްޔިތުންގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރަން.

  5. ަޖހހ

    ހޯރަފުށި އޯކޭ ދޯ! ދެނ ޕްލީޒ ވަން ވީކަށ ހަދާބަލަ

  6. ސޭޓް

    ފުރަން ތައްޔާރު ވުމުން ޓެސްޓް ކޮއްފަ ފޮނުވޭނެ. ކަރަންޓީނު ނިމޭ އިރު 5100ރ ވަރު އެބަދޭ. ކުއްޔައް އެކަނިވެސް