ޚަބަރު

ދީނުގެ ނަމުގައި ހިންގާ ލާއިންސާނީ އަމަލުތައް ބަލައެއް ނުގަނެވޭނެ: ޖެންޑަރ މިނިސްޓަރު

ރައުފާ ރަޝީދު ، ދެން އޮންލައިން

އިސްލާމްދީނުގެ ނަމުގައި ހިންގާ ލާއިންސާނީ އަމަލުތަކަކީ އެއްވެސް ވަރަކަށް ތަހައްމަލު ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރ އެހެން ވިދާޅުވެފައި ވަނީ ރުޤްޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަން ފަށާފައި ވަނިކޮށެވެ.

އެފަދަ ކަންތައްތައް މުޖްތަމައުގައި ވިޔަ ނުދިނުމަށް އެންމެން ވެސް ހޭލުންތެރިވެ އެފަދަ ކަމެއް ހިނގަމުންދާކަން އެނގޭނަމަ ނުވަތަ ތިމާއަށް އެފަދަ ކަމެއް ކުރިމަތިވާނަމަ ވީހާވެސް އަވަހަށް ރިޕޯޓް ކުރުމަށް މިނިސްޓަރ ވަނީ ބާރު އަޅުއްވާފައެވެ.

ރުޤްޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ޖެންޑަރ މިނިސްޓްރީ އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ އެމައްސަލާގައި އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބޭނުންވާ އިޖްތިމާއީ އެހީތެރިކަން ދިނުމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މިނިސްޓްރީއިން ދަނީ އާއިލާއާ އެކު މަސައްކަތް ކުރަމުން ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ބުދަ ދުވަހުގެރޭ 20:30 ގައި ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ތާވަލު ކޮށްފައެވެ. މި ބައްދަލުވުމުގައި ޖެންޑަރ މިނިސްޓްރީއާއި، ހެލްތް މިނިސްޓްރީއާއި، އެޑިއުކޭޝަން މިނިސްޓްރީއާއި، ފުލުހުންގެ އިތުރުން، އެޗްއާރްސީއެމް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ.

Ads by Allied Insurance
  1. ފާތުމަ.

    މީނަ ދައިތަ ގަނޑާ.ދީނާދެކޮޅަށް ހިންގާ ހަރަކާތްތައް ބަލައިގަނެވޭދޯ.