ދުނިޔެ

"ކޮވިޑް-19 ފުރަތަމަ ފެނުނީ ޗައިނާއަކުން ނޫން، އިންޑިއާއިން"

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މުޅި ދުނިޔެ ހުއްޓުވާލާފައިވާ ކޮވިޑް-19 ވައިރަސް ފުރަތަމަ ފެނިފައިވަނީ އިންޑިއާއިން ކަމަށް ޗައިނާގެ ސައިންސްވެރިން ބުނެފިއެވެ.

Ads by WAMCO

ޗައިނާގެ ސައިންސްވެރިން ކުރި ދިރާސާއެއްގައި ބުނެފައި ވަނީ ފުރަތަމަަ ފަހަރަށް ކޮވިޑް-19 ފެތުރެން ފެށީ 2019 އަހަރު މެދުތެރޭގައި އިންޑިއާގައި ކަމަށާއި އަދި މިގޮތަށް ފެތުރެމުން ގޮސް ޗައިނާގެ ވޫހާންއާ ހަމައަށް ވައިރަސް އައީ ކަމަށެވެ.

ޝެންހާއީ އިންސްޓިޓިއުޓް ފޯރ ބައޮލޮޖިކަލް ސައިންސްއިން ކޮށްފައިވާ މިދިރާސާގައި އިތުރަށް ބުނެފައި ވަނީ ވައިރަސް އިންޑިއާއިން ވޫހާންއަށް ދަތުރުކުރި ކަމަށާއި ވޫހާންގައި ވައިރަސް ފެތުރެން ފެށުމާއެކު، މިކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އެޤައުމުން ގެނައި ކަމަށެވެ.

ޑރ.ޝެން ލިބިން އިސްވެ ހުރެކޮށްފައިވާ ދިރާސާގައި އިތުރަށް ބުނެފައިވަނީ، އާއްމުކޮށް މިފަދަ ވައިރަސް އުފެދޭ ގޮތް ހޯދުމަށް ބޭނުން ކުރާ އުސޫލުން މިވައިރަސް އުފެދުނު ގޮތް ދެނެ ނުގަނެވޭނެ ކަމަށެވެ. އަދި 17 ޤައުމުން އެއްކޮށްފައިވާ ޑޭޓާތަކަށް ބަލާއިރު، ވައިރަސް އުފެދުނު ކަމަށް ބޮޑަށް ބެލެވެނީ އިންޑިއާއިން ކަމަށްވެސް އެދިރާސާގައި ބުނެފައިވެއެވެ.  މިދިރާސާ ކޮށްފައި ވަނީ ކޮވިޑް-19 ވައިރަސްގެ އެކި ސްޓްރެއިން މިއުޓޭޓް ވެފައިވާ މިން ވަރަށް ބަލައިގެންނެވެ. މިގޮތުން އެންމެ މަދުން މިއުޓޭޓް ވެފައިވާ ކަމަށް ޤަބޫލު ކުރެވޭ ޤައުމަކީ ވައިރަސްގެ ފެށުން ކަމަށް ވެދާނެ ކަމަށް ބުނެފައިވެއެވެ.

މިދިރާސާގައި އިތުރަށް ބުނެފައި ވަނީ، އިންޑިއާގެ ބަދަލުވަމުން އަންނަ މޫސުމާއި ފެން ނުލިބުމުގެ ދައްޗާ ހެދި މިވައިރަސް ޖަވަނާރުންގެ ކިބައިން އިންސާނުންގެ ގަޔަށް ފޯރާފައިވާ ކަމަށެވެ.

ޗައިނާއިން އިންޑިއާއަށް މިފަދަ ބޮޑު ތުހުމަތެއް ކުރާއިރު، އިންޑިއާއިން ވަނީ މިކަމަށް ރައްދުދީފައެވެ. އަދި މިދިރާސާއަކީ ވަކިކޮޅަކަށް ބުރަވެފައިވާ ދިރާސާއެއް ކަމަށް އިންޑިއާގެ ސައިންސްވެރިން ހާމަކުރެއެވެ.

Ads by HDC
  1. ބަޔަކާ ސިޔާސީ ގޮތުން ޖެހި ގައުމަކާ ހާރިޖީ ގޮތުން ޖެހި ހަސަދަވެރި ވިޔަސް މީދެންް ބޮޑުވަރު