ލައިފްސްޓައިލް

ދަރު އުނދުނުން ކައްކައިގެން ކެއުމަކީ ސިއްޙަތަށް ގެއްލުން ހުރި ކަމެއް: ދިރާސާ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މިއަދު އަޅުގަނޑުމެން ގޭސް އުނދުނުން ކައްކައިގެން ކެއުން ތައްޔާރުކުރި ނަމަވެސް އަޅުގަނޑުމެން ކާބަފައިންގެ ޒަމާނުގައި ގޭސް އުނދުނަކީ ވުޖޫދަށް ވެސް ނާންނަ އެއްޗެެވެ. ނަމަވެސް މިއަދު ޒަމާނަށް އައި ތަރައްގީއާއެކު ދަރު އުނދުން މިވަނީ ގޭސް އުނދުނަށް ބަދަލުވެފައެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނަކީ އެހާ ހޭލުންތެރި ޒަމާނެއް ނޫންކަމުން އޭރު ނޭނގޭ އެތައް ކަމެއް މިއަދު އަޅުގަނޑުމެންނަށް ދިރާސާތަކުގެ އަލިން އެނގެން އެބަހުއްޓެެވެ. އެގޮތުން ފަހުގެ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ދަރު އުނދުނުން ކައްކައިގެން ކެއުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމަކަށް ވަނީ ފާހަގަ ވެފައެވެ.

Ads by STELCO

ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ދަރު އުނދުނުން ކެއްކުމަކީ ފުއްޕާ މެއަށް އޭގެ ނުރަނގަޅު އަސަރު ކުރާ ކަމެކެވެ. އެ ދިރާސާއިން ދައްކާ ގޮތުގައި، ގާތްގަނޑަކަށް 4 މިލިއަން މީހުން ދަރު އުނދުނުން ކައްކައިގެން ކެއުމުގެ ސަބަބުން ފުއްޕާމެއަށް ނުރަނގަޅު އަސަރު ކޮށްގެން މަރުވެއެވެ. ސަބަބަކީ އެ ކެއްކުމުގައި ބޭނުން ކުރާ ދަރުން އެ ނުކުންނަ ދުމަކީ ތައްޔާރު ކުރާ ކާނާއަށް ވެސް އޭގެން އަސަރު ކުރާ ކަމަކަށް ވެފައި އޭގެން ނިކުންނަ ދުމަކީ ފައިދާހުރި ދުމަކަށް ނުވުމެވެ.

ދަރު އުނދުން ބޭނުންކޮށްގެން ކާނާ ތައްޔާރު ކުރާ ކަމުގައި ވާނަމަ އިންސާނާގެ ފުއްޕާމޭގައި ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ވައި އުފައްދައެވެ. އަދި މިފަދަ ބޮޑު ކަމެއްގެ ސަބަބުން ފުއްޕާމޭގެ ކެންސަރު ފަދަ ބޮޑެތި ބަލިތައް ޖެހުމަށް ވަރަށް ބޮޑަށް މަގުފަހި ވެގެންދާ ކަމަށް މި ދިރާސާއިން ވަނީ ހާމަވެގެން ގޮސްފައެވެ.

މިފަދަ ކަންކަމަކީ ޚާއްސަކޮށް އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ގިނަ ބޭފުޅުންނަށް އެނގިފައި އޮންނަން ޖެހޭ ކަމެއްކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެއެވެ، އެހެނީ މާލެ ފޮނުވުމަށް ހަދިޔާއެއް ތައްޔާރު ކުރުމަށްޓަކައި ވެސް އެކި ޒާތް ޒާތުގެ ހަދިޔާ ތައްޔާރު ކުރުމަށް ޓަކައި، ދަރު އުނދުން ބޭނުން ކުރުމަކީ ރަށްރަށުގައި ދިރިއުޅޭ ގިނަ ބޭފުޅުން ކުރަމުން އަންނަ ކަމަކަށް ވާތީއެވެ.

  1. ކަލޯ

    ބުނަންތަ؟ ތި ދަރު އުދުނުން ކެއްކި ޒަމާނުގަ އަންހެނުން ވިހެއީ. މިހާރު ކައްކަނީ ގޭހުން، އެކަމަކު ވިހާނެ ވަރެއް މިހާރު ގައިގަ ނުހުރޭ ގޭހުން ކައްކައިގެން ކައިގެން.

  2. އައި

    އޭރު މާރަނގަޅު އޭރު އެން ސީޑީ ބަލިތައް ވވވމަދު ކެންސަރ ވެސް…

  3. މުއާޒް

    މި ލިޔުން ލިޔުނު މީހާގެ ވިސްނުން ތިހުރީ ކޮންގޮތަކަށްތޯ.؟ މިފަދަ ލިޔުމެއް މުޖުތަމަޢަށް ދޫކޮށްލާއިރު އެންމެ ކުޑަމިނުން ތިޔަ ދިރާސާއެއް ކުރި ބަޔެއްގެ ނުވަތަ ތަނެއްގެ ނަންވެސް ނެތުމަކީ މި ލިޔުމުގެ ޒިންމާދާރުކަން ހުރި މިންވަރު އަންގައިދޭ ކަމެއް. މިފަދަ ލިޔުން ފެކްޓެއް ނެތި މުޖުތަމަޢަށް ޝެއަރ ނުކުރުމަށް އާދޭހާ އެކު ދަންނަވަން

  4. މޫސަ

    ތިދިރާސާ ރަގަޅެއް ނޫން ތިބުނާ ދަރުެުދުނުން ކައްކައިގެން އަހަރަމެން މާމަޢިންނާއި ކާފައިން ދުނިޔޭގައި80 އަހަރާއި 90 އަހަރު ތެރޭ ދުނިޔެ ދޫކުރީ އެއްވެސް ބައްޔެއް ނުވެ.

  5. ބައުކަލޯ

    އަަހަރެމެންް ވެސްް ދަރުވެސްް އުފެދިގެންް އައީީ ހަމަަ ބިމުންް! ވަރަށްް ސަލާމް