ޚަބަރު

ކޮވިޑް-19: ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ކުރު ކުރަން މަޝްވަރާ ކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރާއްޖޭގައި ކަނޑައެޅިފައިވާ ކަރަންޓީނު ވުމުގެ މުއްދަތު، 10 ދުވަހަށް ކުރު ކުުރުމުގެ މަޝްވަރާ ކުރަން ނިންމައިފިއެވެ.

Ads by STELCO

އޮންލައިން ނޫސް "ވަގުތު" އިން ބުނެފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ސިއްހީ ދާއިރާގެ އިސް ބޭފުޅުންނާއި ޑޮކްޓަރުން އަދި ތަޖުރިބާކާރުން ބައްދަލު ކުރައްވައި ރާއްޖޭގައި 14 ދުވަސް ވަންދެން ކަރަންޓީންގައި ތިބޭ ގޮތަށް އޮތް އޮތުން ކުރު ކުރަން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން މިއަދުގެ ވަގުތެއްގައި ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ ވާހަކަ ވެސް ބުނެފައިވެއެވެ.

ކަރަންޓީނު ވުމުގެ މުއްދަތު 10 ދުވަހަށް ކުރުކުރަން ނިންމުމާމެދު މަޝްވަރާ ކުރަމުންދާއިރު، ކަރަންޓީންގެ މުއްދަތު 10 ދުވަހަށް ކުރު ކުރަން ނިންމި ކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) ވަނީ އިއުލާން ކުރައްވައިފައެވެ. އަދި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވަނީ އެ ޓުވީޓު ރީޓްވީޓު ވެސް ކުރައްވާފައެވެ.

ނަޝީދުގެ ޓްވީޓުގައި ރައީސް ޞާލިޙަށާއި މިނިސްޓަރ މައުސޫމަށް މިކަމާއި ގުޅޭގޮތުން ޝުކުރު ދަންނަވަމުން ވިދާޅުވީ މިކަމުގެ ސަބަބުން ގެސްޓްހައުސްގެ ވިޔަފާރި ފުޅާވާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!