މުޅި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

މިއަދު މެންދުރުފަހު 2:46 ހާއިރުން ފެށިގެން މުޅި ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެއެވެ.
ސްޓެލްކޯ ގެ އޮފިޝަލަކު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު މެންދުރުފަހު މުޅި ހުޅުމާލެއިން ކަރަންޓު ދިޔަ ކަމަށާއި އެހެން ނަމަވެސް މިހާރު ބައެއް ސަރަޙައްދުތަކަށް ކަރަންޓު ލިބިފައިވާ ކަމަށެވެ.
މީގެއިތުރުން އޮފިޝަލު ވިދާޅުވީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށާއި ޖެނެރޭޓަރަކަށް ގެއްލުމެއް ލިބިގެން ނޫން ކަމަށެވެ.
މުޅި ހުޅުމާލެއިން ކަރަންޓު ކެނޑުމާއި ގުޅިގެން ދިމާވި ދަތިތަކަކާ ގުޅޭގޮތުން އެތައް ބަޔަކު ވަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި މިހާރުވެސް ބައެއް ހިސާބުތަކަށް ކަރަންޓު ނުލިބުމުގެ ސަބަބުން ބައެއް ރައްޔިތުން ދަނީ ސްޓެލްކޯ އަށާއި ސަރުކާރަށް ވެސް ފާޑުކިޔަމުންނެވެ.