ޚަބަރު

ހިޔާ މަޝްރޫޢު ގެ ދަށުން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވާލާފައިވާ މިންގަނޑު ޢާންމުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހިޔާ މަޝްރޫޢުގެ ދަށުން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވާލާފައިވާ މިންގަނޑު ޢާންމުކޮށްފިއެވެ. މި މިންގަނޑު އެކުލަވައިލައްވާފައި ވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަންނީ ލަފަޔާ އެކުގައެވެ.

Ads by Sosun Fihaara

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން މި މިންގަނޑު ތައްޔާރުކޮށްފައިވަނީ ހިޔާ މަޝްރޫޢު ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލާ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ޕޮއިންޓް ދިނުމަށް ކަމަށް އެ ކޮމިޓީއިން ބުނެފައިވެއެވެ.

ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވައިލާފައިވާ މިންގަނޑު ޢާންމުކުރައްވާފައިވާ ކެޓެގަރީތަކަކީ H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ) ކެޓަގަރީއާއި، H5 (ޓީޗަރުންނަށް ޚާއްޞަ) ކެޓަގަރީއާއި، H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްޞަ) ކެޓަގަރީއާއި، H7 (18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ޚާއްޞަ) ކެޓަގަރީއާއި، H8 (މާލޭ ރަށްވެހިންނަށް ޚާއްޞަ) ކެޓަގަރީގެ އިތުރުން H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ޚާއްޞަ) ކެޓަގަރީ އަދި H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އާއިލާތަކަށް ޚާއްސަ) ކެޓަގަރީއެވެ.

މިކަމާ ގުޅިގެން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ޢާންމު ކުރައްވާފައިވާ އިޢުލާނެއްގައި ވިދާޅުވެފައި ވަނީ، މިހާރު ޢާންމުކޮށްފައި ވާ މިންގަޑަކީ ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށްފަހު، ވަގުތީ ލިސްޓުތައް އިޢުލާނުކޮށްފައިވާ ކެޓެގަރީތަކުގެ މިންގަނޑާ ގުޅޭ މަޢުލޫމާތު ކަމުގައެވެ.

Ads by Ooredoo
  1. Aishath Liziyan

    ޢެކަނިވެރި މައިންގެ ކެޓަގަރީން މީހަކާ އިނދެގެން އުޅޭ ނަަމަ އޭ ކިޔާފަ ކީއްވެ ޕޮއިންޓް ދޭންވީ