ރިޕޯޓް

ޢާއްމުންގެ އެކުވެރި ގުޅުން: ރައްޔިތުންގެ އަޑުއަހާ، ރައްޔިތުންނަށް ކަންކަން އޮޅުން ފިލުވައިދޭ ޖަމްއިއްޔާއެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"ޢާއްމުންގެ އެކުވެރި ގުޅުމޭ" ބުނުމުން އަދިވެސް މިނަމަކީ އާނަމަކަށް ބައެއް މީހުންނަށް ވެދާނެއެވެ. ނަމަވެސް "ކޮތަރު ކޮށްޓޭ" ބުނުމުން އެއީ ކޮން ބައެއްކަން ނޭނގޭނެ ބަަޔަކު މިހާރު ރާއްޖޭގައި ވަރަށް މަދުވާނެއެވެ.

Ads by MWSC

އާދެ! މިދައްކަނީ ދެ ނަމެއް ކީނަމަވެސް އެއް ބައެއްގެ ވާހަކައެވެ. ބުނަން މިއުޅޭ ވާހަކައަކީ ކުރިން "ކޮތަރު ކޮށި" މިނަމުން ހަދާފައިވާ ގްރޫޕް މިހާރު މިވަނީ "ޢާއްމުންގެ އެކުވެރި ގުޅުން" މިނަމުގައި އެންޖީއޯއެއްގެ ގޮތުގައި ބަދަލުވެފައިވާ ވާހަކައެވެ.

"ދެން" އަށް ދިން ޚާއްސަ ބަސްދީގަތުމެއްގައި "ޢާއްމުންގެ އެކުވެރި ގުޅުން" ގެ ވަގުތީ ރައީސް މިދުއަމް ސައުދް (މިދު) ވަނީ މިއެންޖީއޯއާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވާފައެވެ.

ވުޖޫދަށް އައުން

ކުރިން ވެސް ބުނި ފަދައިން ކުރިން މިޖަމިއްޔާ ނުވަތަ އެންޖީއޯ އާއްމުންގެ ތެރޭގައި އެނގިފައިވަނީ ކޮތަރު ކޮށީގެ ނަމުގައެވެ. އެނަމުގައި މީސް މީޑިއާ ގައި ހަދާފައިވާ ގްރޫޕުތަކުގައި އެތައް ބަޔަކު އުޅެއެވެ.

އެއިރު އެގްރޫޕުގައި އެންމެ ހަރު އަޑުން ދެކެވެމުން ދިޔަ ވާހަކަ އަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީ ގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކުގެ ވާހަކައެވެ.

އެފްލެޓުތަކަކީ ދުރުން ފެންނަން ހުރި ކުލަފޮށީގެ ކުލަބަރިތަކެއް ކަމަށާއި، ފްލެޓުގެ އެޕާޓްމަންޓުތަކާއި ކޮޓަރިތައް ވެސް އިންތިހާއަށް ކުޑަ ކަމަށް ބުނެ މިސަރުކާރުން ވަނީ ވަރަށް ފާޑު ކިޔާފައެވެ.

މިދު ބުނި ގޮތުގައި "ކޮތަރު ކޮށި" ވައިބާ ގްރޫޕް އުފެދުނީ ފްލެޓުތަކާ ގުޅޭގޮތުން އާއްމުންގެ މެދުގައި ހުރި ކަންބޮޑުވުންތައް އަޑު އަހާ، އެކަމާއި ގުޅިގެން ދެވެން ހުރި ސައްޙަ މައުލޫމާތު ހާމަކުރުމަށެވެ.

"ކޮތަރު ކޮށްޓަކީ ވައިބާ ކޮމިއުނިޓީ ގްރޫޕެއް. ވަރަށް ގިނަ މައުލޫމާތުތައް އޮޅިފައި ހުރީމަ އެކަންކަން ސާފު ކޮށްދިނުމުގެ ގޮތުން އެގްރޫޕު އުފެއްދީ. ޕާސަނަލީ އަޅުގަނޑަކީ ޗައިނާ އެންޖީއޯ އެއްގައި މަސައްކަތް ކުރާ މީހެއް ކުރިންވެސް. އެހެންވީމަ ޗައިނާގެ ކުންފުނިތަކުގެ އެކި ޕްރޮޖެކްޓު ތަކާ ބެހޭ މައުލޫމާތުތަކަށް އަޅުގަނޑު ފުދޭވަރަކަށް ފަރިތަވާނެ" މިދު ބުންޏެވެ.

މިދު ބުނި ގޮތުގައި ފްލެޓުތަކުގެ ސައިޒާ ބެހޭ ގޮތުން ދޮގު މައުލޫމާތު ތަކެއް ދެކެވޭތީ ރައްޓެހިންތަކެއް ބުނެގެން އެމީހުންނަށް ކިޔައިދޭން ފެށިގޮތަށް، "ކޮތަރު ކޮށި" ގްރޫޕް މަޑުމަޑުން އުފެދުނީ ކަމަށެވެ.

"2018 ވަނަ އަހަރުން ފެށިގެން ފްލެޓުކަންތަކުގައި ވަނީ އުޅެން ފަށާފަ. އެކަމަކު އެއިރު ފޭސްބުކްގައި ހަމައެކަނި ރަށްޓެހިންނަށް ކިޔައިދެނީ. ދެން ފަހަކަށް އައިސް ބައިވަރު ، ހަގީގަތާ ޚިލާފު ވާހަކަތަކެއް ފްލެޓުތަކާ ގުޅިގެން ފެތުރެން ފެށުމުން ގިނަ މީހުންނަށް ކިޔައިދޭން ފަށާ ގްރޫޕް ބޮޑުވާން ފެށީ" މިދު ބުންޏެވެ.

މިދިޔަ މަހުގެ ފަހުކޮޅު "ޢާއްމުންގެ އެކުވެރި ގުޅުން" ނަމުގައި އެންޖީއޯ ރެޖިސްޓަރ ކުރީ "ކޮތަރު ކޮށި" ނަމުގައި ރެޖިސްޓަރ ނުވާނެކަން އެނގޭތީ ކަމަށާއި އެންޖީއޯ އަށް ދޭނެ ނަމަކާމެދު ޚިޔާލެއް ހޯދަން ކުރިން ގްރޫޕުގައި ވެސް ބުނި ކަމަށް މިދު ބުންޏެވެ.

ކުރެވިފައިވާ/ކުރާނެ މަސައްކަތްތައް:

މިހާތަނަށް ބަލާއިރު "ޢާއްމުންގެ އެކުވެރި ގުޅުން" އިން ވަނީ ކޮތަރުކޮށީގެ ނަމުގައި އޮތް އިރު، ފްލެޓުތަކާ ގުޅިގެން އެތައް ރައްޔިތުންނެއްގެ ލޯ ހުޅުވާދީފައެވެ.

އެގޮތުން މިސަރުކާރުން އެފްލެޓުތައް ކުޑަ ކަމުގައި ބުނި ނަމަވެސް، ފްލެޓުތަކުގެ އަކަފޫޓާއި މާލޭގައި އާއްމުކޮށް މީހުން ކުއްޔަށް ދިރިއުޅޭ ގޭގޭގެ ސައިޒް މިދު ވަނީ ކިޔައިދީފައެވެ. އަދި އެސައިޒަށް ބަލާފައި ފްލެޓަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދުވެސް މާބޮޑުތަން ވެސް ރަނގަޅުކަން ވެސް މިދު ވަނީ ފާހަގަ ކޮށްފައެވެ.

މިދު ބުނި ގޮތުގައި ކުރިއަށް އޮތްތަނުގައި މިޖަމިއްޔާއިން ހަމައެކަނި ކުރަން ނިންމާފައިވަނީ ފްލެޓުތަކުގެ މިފަދަ ކަންބޮޑުވުންތަކުގެ މަސައްކަތް އެކަންޏެއް ނޫނެވެ.

"އިޖުތިމާއީ މިފަދަ ކޮންމެ މައްސަލައަކާ ގުޅޭގޮތުން ވެސް އަޅުގަނޑުމެން ދާނީ ރައްޔިތުން ހޭލުންތެރި ކުރުވާ، އަޑު އުފުލަމުން" މިދު ބުންޏެވެ.

މިހާތަނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންތައް:

ހަގީގަތުގައި ވެސް މިއީ ކުޑަ މަސައްކަތެއް ނޫނެވެ. ޚާއްސަކޮށް ސަރުކާރު ޖަވާބުދާރީ ކުރުވާ، ބައެއްގެ ޙައްޤު އެމީހުންނަށް ދޭން މަސައްކަތް ކުރުމަކީ ވަރަށް ވެސް ބޮޑު ޗެލެންޖެކެވެ.

އެގޮތުން "ކޮތަރު ކޮށްޓަށް" ނުވަތަ "ޢާއްމުންގެ އެކުވެރި ގުޅުން" ޖަމިއްޔާއަށް ވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިއީއެވެ.

"ވަރަށް ބޮޑު ފްލަކްޗުއޭޝަނެއް އަންނާނެ. މިކަންކަން ރަނގަޅަށް އޮޅުން ފިލީމަ މީގެ ރަނގަޅު އަސަރު ކުރާނީ ހަމައެކަނި ހިޔާ ފްލެޓު ލިބޭ މީހުންނަކަށް ނޫން. މިސާލަކަށް އަޅުގަނޑަކަށް ނުލިބޭ ފްލެޓެއް، އެކަމަކު ވާގޮތަކީ 7000 މީހުން ގޮސްފިއްޔާމު މާލެއިން ހުސްވާ 7000 ފްލެޓު އަގު ކުޑަ ކުރީމަ އަޅުގަނޑަށް ގޮސް އުޅެވޭނެ މިހާރަށްވުރެ އަގު ކުޑަކޮށް. އެންމެންނަށް އިމްޕެކްޓު ކުރާނެ. އެހެންވީމަ މީގަ ދިމާވާނެ އެންމެ ބޮޑު ޗެލެންޖަކީ، މިދައްކަނީ ބައިވަރު ލާރީގެ ވާހަކަ. ރެންޓު ވިޔަފާރި ކުރާ ރިއަލް އެސްޓޭޓް ކުންފުނިތަކަށް ވަަރަށް ބައިވަރު ލާރިތަކެއް ގެއްލޭނެ ކަމެއް މިއީ ޙައްޤުވެރިންނަށް ފްލެޓު ދީފިއްޔާ. އެހެނަަސް ކުރެވުނު ވަރަކަށް މަސައްކަތް ކުރާނަން ޙައްޤުވެރިންނަށް ދެވޭތޯ" މިދު ބުންޏެވެ.

މިދު ބުނީ ޗެލެންޖަކަށް ވާނެ ކަމަކީ ހައުސިންގގެ ކަމެއްވީމަ ހައުންސިންގ އަކީ އެއްވެސް ކަމެއް ނުކޮށް މިލިއަނުން ބަޔަކު އަތުން ލާރި ހޯދަމުން އަންނަ ވިޔަފާރިއަކަށްވާތީ، ޙައްޤުވެރިންނަށް ޙައްޤު ހޯދައިދިނުން ކަމަށެވެ.

https://www.facebook.com/Aamunge-Ekuveri-Gulhun-102495964884155/

  1. ޑިމޮކްރަސީ

    ކިހިނެތްތޯ ތި ޖަމްޢިއްޔާ އަށް ކޮންޓެކްޓް ކުރަނީ ގުޅޭނެ ނަމްބަރެއް އެއްވެސް ގޮތެއް ބުނެދީފަ ނެތީމަ

  2. ހައްވަ

    ތިބޭފުޅުން ވިސްނަންވީ ދިވެހިރާެއްޖެ މާލޭގައި ތިބިނިކަމެތިން ތިބީ ހަމަ ނިކަމެތިހާލުގައިކަން މި 7000 ފުލެޓް ދޫކުރިނަމަވެސް އިތުރަށް މުއްސަންދިން އިތުރަށް މުއްސަންދި ވިއުން ނޫންގޮތެއް ނުވާނެ އެއީ އިތުރައް ކުލިޔަށް ދޭނެތަނެއްލިބުނީީ ނޫންތޯ