ފްލެޓް ދިނުމުގައި ދިރިއުޅުމުގެ ހާލަތަށް ބަލައި މާކްސް ދީފައިވަނީ އެންމެ އިންސާފުވެރިކޮށް: ފްލެޓް ކޮމެޓީ

ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމުގައި މީހުންގެ ދިރިއުޅުމުގެ ހާލަތަށް ބަލައި މިހާރު މާކްސް ދީފައިވަނީ އެންމެ އިންސާފުވެރިކޮށް ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީއިން ބުނެފިއެވެ.
ފްލެޓް ކޮމިޓީއިން މިހެން ބުނެފައިވަނީ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީގެ މެންބަރު ތޯހާ އަހްމަދު ވިދާޅުވީ ފްލެޓް ދިނުމުގައި ދިރިއުޅުމުގެ ހާލަތަށް ބަލައި މާކްސް ދެނީ ވަކި މިންގަނޑެއް ކަނޑައަޅައިގެން ކަމަށެވެ.
އަދި މިހާރު ޕޮއިންޓް ދޭއިރު، ކުރިއާ އަޅާބަލާއިރު ޕޮއިންޓް ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދެވެނީ ހުރިހާ އެންމެނަށް ހަމަހަމަ ގޮތެއްގައި އެންމެ އިންސާފުވެރިކޮށް ކަމަށް އެކޮމިޓީއިން ގަބޫލުކުރާ ކަމަށެވެ.
ފްލެޓް ކޮމިޓީއިން ވިދާޅުވީ އެންމެ އިސްކަމެއް ދީގެން ކުރި ކަމަކީ ފްލެޓަށް އެދި ހުށައަޅާފައިވާ ހުރިހާ ފަރާތްތަކަކަށް ހަމަހަމަކަމާއެކު ޕޮއިންޓް ދިނުމަށް މިންގަނޑެއް ކަނޑައެޅުން ކަމަށެވެ. އަދި އެމިންގަނޑުގެ ދަށުން ހުރިހާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގެ ގޮތުން ވަކިން ވަކިން ކޮންމެ މީހެއްގެ ގެޔަށް ފްލެޓް ކޮމިޓީއިން ޒިޔާރާތްކޮށް ހާލަތު ބަލާފައިވާ ކަމަށް ތޯހާ ވިދާޅުވިއެވެ.
މީގެ ކުރިން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ވަނީ ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލާ ދެނެގަތުމަށް އެކުލަވާލާފައިވާ މިންގަނޑު ޢާންމުކޮށްފައެވެ.
އައިޑީ ކާޑު ނަންބަރ ޖަހާފަ ބަލާބަ އިންސާފް ވެރިކޮށް ތޯ ފުލެޓްތަށް ދީފަ ހުރީ