ދުނިޔެ

ލަންކާގައި މަރުވި މުސްލިމު އާއިލާއެއްގެ ތުއްތުކުއްޖަކު އާއިލާގެ ނުރުހުމުގައި އަންދާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮލޮމްބޯ: ޝްރީލަންކާގައި މަރުވި އުމުރުން 20 ދުވަހުގެ މުސްލިމު ތުއްތު ފިރިހެން ކުއްޖަކު، އެކުއްޖާގެ އާއިލާގެ ނުރުހުމުގައި އަންދާލައިފިއެވެ.

Ads by WAMCO

ރިޕޯޓުތަކުން ބުނާ ގޮތުގައި އެކުއްޖާ ލޭޑީ ރިޖްވޭ ހޮސްޕިޓަލު (އެލްއާރްއެޗް) ގައި އެޑްމިޓު ކުރީ އަންގާރަ ދުވަހު ފަތިހު 4:00ގައެވެ. އެޑްމިޓު ކުރި އިރު ކުއްޖާ އޮތީ ހާލު ސީރިއަސް ހާލަތުގައި ކަމަށާއި އެކުއްޖާއަށް ނިއުމޯނިއާ ޖެހިފައިވާ ކަމަށް ވެސް ހޮސްޕިޓަލާ ހަވާލާދީ ރިޕޯޓުތަކުން ބުނެއެވެ.

ހަމައެވަގުތު އެކުއްޖާއަށް އައިސީޔޫ ގައި ފަރުވާ ދޭން ފެށި ކަމަށާއި މުޅި ދުވަހު އެއްކޮށް ވެންޓިލޭޓަރަށް ލާފައި ބޭއްވި ކަމަށް ވެސް ބުނެފައި ވެއެވެ.

"މެންދުރެއްހާއިރު އެނގުނީ ތުއްތުކުއްޖާ ކޮވިޑް-19 އަށް ފައްސިކަން. އެކަމަކު ކުއްޖާގެ މައިންބަފައިން ބައްޔަށް ނައްސި" އެލްއާރްއެޗް ގެ ޑރ. ޖ. ވިޖޭސޫރިޔާ ބުނެފައިވެއެވެ.

ޑޮކްޓަރު ބުނި ގޮތުގައި އެކުއްޖާ މަރުވީ އަންގާރަ ދުވަހުގެ ހަވީރު 4:00 ހާއިރެވެ.

އެކުއްޖާ ކޮވިޑަށް ފައްސި ކަމަަށް ޑޮކްޓަރުން ކަނޑައެޅި ނަމަވެސް އެކަން ޤަބޫލު ނުކުރެވޭ ކަމަށް ކުއްޖާގެ އާއިލާއިން ހޮސްޕިޓަލުގައި ބުންޏެވެ. ސަބަބަކީ އެކުއްޖާގެ ކުރީ ހަމައެކަނި އެންޓިޖެން ޓެސްޓަކަށް ވާތީއެވެ.

ނަމަވެސް ކުއްޖާ މަރުވުމުން، މަރުވީ ކޮވިޑް ބަލީގައި ކަމަށް އެހޮސްޕިޓަލުން ނިންމިއެވެ. އަދި ލަންކާގެ ޤާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ކޮވިޑް ބަލީގައި މަރުވުމުން ޖެހެނީ އަންދާލަން ކަމުގައި ވެސް ބުންޏެވެ.

ތުއްތުކުއްޖާއަކީ މުސްލިމު އާއިލާ އެއްގެ ކުއްޖެއް ކަމުގައިވުމުން، އާއިލާއިން އާދޭސް ކުރީ އެކުއްޖާގެ ހަށިގަނޑު އަންދާނުލާ، ވަޅުލުމަށް އާއިލާއާ ހަވާލު ކުރުމަށެވެ.

ނަމަވެސް ކުއްޖާއަކީ ކޮވިޑަށް ފައްސި ކުއްޖަކަށްވާތީ ކަމަށް ބުނެ އާއިލާގެ ނުރުހުމުގައި އެހޮސްޕިޓަލުން އެކުއްޖާ އަންދާލިއެވެ.

މިއީ ކޮވިޑް ބަލީގައި ލަންކާއިން މިހާތަނަށް މަރުވި އެންމެ އުމުރުން ހަގު ކުއްޖާކަމަށް ވެސް ވަނީ ރިކޯޑު ކޮށްފައެވެ.

Ads by Ooredoo
  1. ހެޔޮނުވާނެ!!!

  2. ޢަލީ

    ޢަލީލީލީލީލީލލލލ

    ތިކަމަށް ވެކުސިނެއް ނެއްތަ